Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 19:30
ރައްޔިތުން މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރް
ރައްޔިތުން މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރް
ރާއްޖެއެމްވީ
މައުރޫފް ޒާކިރް
ފިނޭންސް މިނިސްޓަރަށް ކުރި 16 ސުވާލަށް އަހަރެއް ވަނީ އަދިވެސް ޖަވާބެއް ނުލިބޭ: މައުރޫފް
ސަރުކާރުގެ މާލީ ކަންކަމާއި ކުންފުނިތަކަށް ފައިސާ ނުދޭ މައްސަލަތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީއަށް ވަދެފަ
ފިނޭންސް މިނިސްޓްރީއަށް ގޮސްފައިވަނީ މިނިސްޓަރު މަޖިލީހަށް ހާޒިރުނުވާތީ އާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށް

މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަށް 16 ސުވާލު ކޮށްފައިވާނެ ކަމަށާއި ބައެއް ސުވާލު ތަކަށް އަހަރެއް ވާން ކައިރިވީ އިރުވެސް ޖަވާބު ލިބިފައިނުވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އެކި އެކި ކުންފުނިތަކަށް ފައިސާ ނުދޭ މައްސަލަ އާއި، ޤައުމުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރުއާ ސުވާލު ކުރުމަށް ތަކުރާރުކޮށް ހުށަހެޅުއްވި ނަމަވެސް، ޒަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފައި ނުވާތީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ވަނީ ހޯމަ ދުވަހުގެ މެންދުރު ފިނޭންސް މިނިސްޓްރީ އަށް ވަދެފަ އެވެ.

އެ މުޒާހަރާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ފިނޭންސް މިނިސްޓްރީއަށް ގޮސްފައިވަނީ ވަޒީރަށް ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދީފައި ނުވާތީއާއި މަޖިލީހަށް ވެސް ހާޒިރު ނުކުރާތީ ކަމަށެވެ. އަދި ރައްޔިތުންގެ ކަނބޮޑުވުންތަކަށް ޖަވާބެއް ހޯދުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހި ރާއްޖޭގެ މާލީ ހާލަތު، އިގްތިސޯދީ ހާލަތު ދިވެހި ވިޔަފާރިވެރިން މިއަދު ތަހައްމަލް ކުރަމުންދާ ދަތި އުނދަގޫ ހާލަތު ދިވެހި ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަތި އުނދަގޫ ހާލަތު ގުޅިފާ މިއޮތީ އިގްތިސޯދާ ފައިސާއާ. މިއަށް އަޅުގަނޑުމެންނަށް ޖަވާބެއް ދޭށޭ މި ވާން މިއުޅެނީ ކިހިނެއްކަން ، ގައުމަށް ވާން މިއުޅޭނީ ކިހިނެއްތޯ؟. މި ޖަވާބު ހޯދަން އަޅުގަނޑުމެން އައިސްމިތިބީ އެންމެ ފަހުން އަޅުގަނޑުމެން ވަރަށް އުނދަގުޅުން އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ހިތްވަރުން މި ވަނީ. އެހެން ނަމަވެސް މިހާރުވެސް އަޅުގަނޑުމެން މިތިބީ މަޑުކޮށްގެން މަތިން މިނިސްޓަރު ފެންވަރުގެ ނުވަތަ ޑެޕިއުޓީ މިނިސްޓަރު ނުވަތަ ސްޓޭޓު މިނިސްޓާރު ފެންވަރުގެ ބޭފުޅަކު ނުވަތަ އެޑުވައިޒަރަކު އެބަ އާދޭ ބައްދަލުކުރަން އެގޮތައް ދެންނެވީމަ މިތިބީ މަޑުކޮށްގެން

މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ، އެނގިގެން މިދާ ހަގީގަތަކީ ދިވެހިރާއްޖޭގެ ހުރިހާ ވިޔަފާރިތަކެއް ފުނޑެމުން ދާކަމާއި ކޮންސްޓަރކްޝަން އިންޑަސްޓްރީ ފުނޑެމުންދާކަން ކަމަށެވެ. އަދި ބޭރުގެ އެއްވެސް ގައުމަކުން ހިލޭ އެހީއެއްނުލިބުނު ކަމަށާއި ފައިސާއެއްވެސް ނުގެނެވުނު ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެމްޑިޕީ މި ނިކުންނަނީ ތަކެތީގެ އަގު އިންތިހާއަށް މަތިވެ މާލީ ސިޔާތައްވެސް އިތުބާރު ގެއްލި މިގައުމަށް ވާން އުޅޭ ގޮތެއް ނޭންގޭތި ކަމަށެވެ. އަދި މިއީ އެމްޑީޕީން 3 އޮކްޓޫބަރުގައި ބާއްވާ ބޮޑު މުޒާހަރާ އަށް އެންމެހާ ރައްޔިތުން އަންނަންޖެހޭ ސަބަބު ކަމަށް މައުރޫފް ވިދާޅުވި އެވެ.

- ކޮމެންޓް