Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 12:59
ރެހެންދި ސްކޫލް
ރެހެންދި ސްކޫލް
އެޑިޔުކޭޝަން މިނިސްޓްރީ
ރެހެންދި ސްކޫލް
ރެހެންދި ސްކޫލު އަށް އިންޒާރުގެ މެއިލްއެއް، އެއްވެސް ނުރައްކަލެއް ނެތް: މިނިސްޓަރ ޝަފީޢު
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލަށް އިންޒާރުގެ އީމެއިލްއެއް ލިބުނު
ފުލުހުން ސްކޫލުގައި ހެނދުނު 9:00 ން 10:00 އަށް ހަރަކާތްތެރިވެ، އެއްވެސް ނުރައްކަލެއް ނެތްކަމަށް ކަށަވަރުކޮށްދިން
އިންޒާރު ލިބުނު ނަމަވެސް ސްކޫލުގެ ކިޔެވުމަށް އެއްވެސް ބުރޫއެއް އަރާފައި ނުވޭ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލަށް ލިބުނީ އިންޒާރުގެ އީމެއިލް އެއް ކަމަށާއި، ނުރައްކަލެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެއެމްވީއަށް މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލަށް އިންޒާރުގެ އީމެއިލްއެއް ލިބިފައިވާ ކަމަށާއި، މެއިލް ލިބިފައިވަނީ ސްކޫލަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ އިންޒާރެއް ކަމެއް މިނިސްޓަރު ޝަފީއު ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލުތަކަކީ ވަރަށް ގިނަ އަދަދެއްގެ ދަަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނިވެރިން ހަރަކާތްތެރިވާނެ ސަރަހައްދުތައް ކަމަށްވާތީ، އެފަދަ އިންޒާރެއް ލިބުމާއެކު، ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން 10:00 ށް ފުލުހުން ހަރަކާތްތެރިވި ކަމަށާއި، ނުރައްކަލެއް ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ކަމެއް ހިނގައި، ފުލުހުން ހަރަކާތްތެރިވި ނަމަވެސް ސްކޫލުގެ ކިޔެވުމަށް އެއްވެސް ބުރޫއެއް އަރާފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް، ރެހެންދި ސްކޫލުގައި ހަރަކާތްތެރި ވެފަވާކަމަށެވެ.

- ކޮމެންޓް