Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 09:52
ބެލްޖިއަމްގެ ބޮޑު ވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މެކްސިމް ޕްރެވޯ
ބެލްޖިއަމްގެ ބޮޑު ވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މެކްސިމް ޕްރެވޯ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
ޕްރެވޯ ވިދާޅުވީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަކީ އިންސާނީ ބޮޑު ކާރިސާއެއް ކަމަށެވެ. އަަދި އެކަމުގައި އީޔޫ އިން އަދާ ކުރަން ޖެހޭ ޒިންމާ، އީޔޫ އިން އަދާ ނުކުރާ ކަމީ ވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޒިންމާ އަދާ ނުކުރާ ކަމަށް، ބެލްޖިއަމްގެ ބޮޑު ވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޯ ވިދާޅުވެއްޖެ އެވެ.

އޭއެފްޕީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ޕްރެވީ ވިދާޅުވީ، އިސްރާއީލް އިން ޣައްޒާގައި ހިންގަނުން އަންނަ ހަނގުރާމައާ ގުޅިގެން، އީޔޫގެ ބައިނަލްއަޤުވާމީ ސިޔާސަތުގެ އިތުބާރު ގެއްލެމުން އަންނަ ކަމަށެވެ. އެހެން އެކަން ވަނީ، އީޔޫ އަށް އެކަށީގެންވާ ފިޔަވަޅު ތަކެއް އެޅިފައި ނުވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރެވޯ ވިދާޅުވީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަކީ އިންސާނީ ބޮޑު ކާރިސާއެއް ކަމަށެވެ. އަަދި އެކަމުގައި އީޔޫ އިން އަދާ ކުރަން ޖެހޭ ޒިންމާ، އީޔޫ އިން އަދާ ނުކުރާ ކަމީ ވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލްޖިއަމް އިން ވަނީ، މި މަހު އެމެރިކާގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އަދި އެ ޤައުމުން ވަނީ ޣައްޒާ ހަނގުރާމައާ ގުޅިގެން، އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅާނެ ކަމަށް ވެސް އިއުލާން ކޮށްފަ އެވެ.

ބެލްޖިއަމް އިން މި ނިންމުން ނިންމާފައި ވަނީ، 27 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އީޔޫގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުންނެވެ. އަދި އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް އީޔޫ އިން ނުކުޅެދިފައިވާ ދަނޑިވަޅެއްގަ އެވެ. ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި އިސްރާއީލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އީޔޫގައި ވަނީ ދެބަސްވުންތައް އުފެދިފަ އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޕްރެވޯ ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައިގަނެ، އިސްރާއީލްގެ ބައެއް ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ބެލްޖިއަމް އިން ނިންމީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އޭނާގެ ސަރުކާރަށް ވަރުގަދަ ސިޔާސީ އަދި ޑިޕްލޮމެޓިކް މެސެޖެއް ދިނުމުގެ މަޤުސަދުގައި ކަމަށެވެ.

ފަލަސްްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ގިނަ ޤައުމު ތަކަކުން މަސައްކަތް ކުރަމުން އަންނައިރު، ޤައުމު ތަކުން ވަނީ ބައެއް ޝަރުތުތައް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރުމާއި، ފަލަސްޠީނުގެ ވެރިކަމުން ހަމާސް ދުރު ކުރުން ހިމެނެ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަނެ، ދެ ދައުލަތުގެ ޙައްލު ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ފްރާންސް އިންނެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައި، އދ ގެ ޖެނަރަލް އެސެމްބްލީގައި އެކަން ރަސްމީކޮށް އިއުލާން ކުރުމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ނިންމަވައިފަ އެވެ. އެ ބައްދަލުވުން ޗެއާ ކުރުމަށް ހަމަޖެހިފައި ވަނީ ފްރާންސް އާއި ސައުދީ އަރަބިއްޔާ ގުޅިގެންނެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް