Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2025 | ހޯމަ 13:22
ޣައްޒާގެ ކުޑަ ކުދިންތަކެއް އިންސާނީ އެހީ ހޯދުމަށް އެއްވެފައި
ޣައްޒާގެ ކުޑަ ކުދިންތަކެއް އިންސާނީ އެހީ ހޯދުމަށް އެއްވެފައި
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް، ޖަރުމަނުން އިސްރާއީލް އަށް ގޮވާލައިފި
ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ލާސް ކަސްޓެލުޗީ ވިދާޅުވި ގޮތުގައި އިސްރާއީލްގެ ސަރުކާރުން ޣައްޒާގެ އިންސާނީ ޙާލަތު ވަގުތުން ރަނގަޅުކޮށް، ފުޅާ ދާއިރާއެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ވާނީ އިންސާނިއްޔަތުގެ އުސޫލުތަކާއި ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ވަގުތުން ރަނގަޅު ކުރުމަށް، ޖަރުމަނުން އިސްރާއީލް އަށް ގޮވާލައިފި އެވެ.

ޖަރުމަނު ސަރުކާރުން މިހެން ގޮވާލާފައި ވަނީ، އިސްރާއީލް އާއި ފަލަސްޠީނުގެ ސަރަހައްދު ތަކަށް ދަތުރު ކުރުމުގެ ކުރިންނެވެ. އެހެން ގޮވާލާފައި ވަނީ ޖަރުމަނު ސަރުކާރުގެ އިންސާނީ ހައްގުތަކާއި، އިންސާނީ އެހީގެ ދާއިރާ ތަމްސީލު ކުރާ ފަރާތްތަކުންނެވެ.

ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ލާސް ކަސްޓެލުޗީ ވިދާޅުވި ގޮތުގައި އިސްރާއީލްގެ ސަރުކާރުން ޣައްޒާގެ އިންސާނީ ޙާލަތު ވަގުތުން ރަނގަޅުކޮށް، ފުޅާ ދާއިރާއެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ވާނީ އިންސާނިއްޔަތުގެ އުސޫލުތަކާއި ބައިނަލްއަޤުވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އދ އިން ވަނީ ޣައްޒާގައި ބަނޑުހައި ހޫނު ކަމުގެ ޙާލަތު ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އދ ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ މީހުން ނުރައްކާތެރި ޙާލަތުގައި އެބަ ތިއްބެވެ. އަދި މި ފެށުނު ސެޕްޓެމްބަރު މަހާ އެކު، އެ އަދަދު އިތުރު ވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ކަސްތެލުޗީ އިތުރަށް ވިދާޅުވި ގޮތުގައި، ޖަރުމަނުން ޣައްޒާ އަށް ފޯރުކޮށްދޭ އިންސާނީ އެހީ އިތުރު ކުރެވިފައި ވީ ނަމަވެސް، އެހީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ އެއީ ނުލިބޭހާ ހިނދަކު އޭގެ ބޭނުމެއް ނެތް ކަަމަށެވެ. އިތުރަށް އޭނާ ފާހަގަ ކުރެއްވި ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ވަގުތުން މިނިވަން ކުރަން ޖެހެ އެވެ.

ހަމާސް އިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު، އިސްރާއީލްގެ 251 މީހުން ރަހީނު ކޮށްފަ އެވެ. އޭގެ ތެރެއިން މިހާރު ވެސް ހަމާސްގެ ބެލުމުގެ ދަށުގައި 47 މީހުން ތިބި ކަމަށް އަންދާޒާ ކޮށްފައިވާއިރު، އެ މީހުންގެ ތެރެއިން ދިރިތިބި ކަމަށް ބެލެވެނީ 20 މީހުން ކަަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ 63،459 މީހުން ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިން ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެެވެ.

- ކޮމެންޓް