ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 07:49
ޓޭލަރ ސްވިފްޓް އާއި ޓްރެވިސް ކެލްސީ
ޓޭލަރ ސްވިފްޓް އާއި ޓްރެވިސް ކެލްސީ
ގެޓީއިމޭޖަސް
ޓޭލަރ ސްވިފްޓް
ޓޭލަރ ސްވިފްޓްގެ އެންގޭޖްމަންޓް ރިންގް ގެ ވާހަކަ
ޓޭލަރ ސްވިފްޓް އިނގިރޭސި މުދައްރިސުންނާ ގުޅޭ ލޯބީގެ ވާހަކައެއް ހިއްސާކުރަމުން ޓްރެވިސް ކެލްސީއާ އެކު އެންގޭޖްވެއްޖެކަން އިޢުލާންކޮށްފިއެވެ. 8-10 ކެރެޓްގެ އެންޓީކް ޑައިމަންޑް ރިންގެއް ބޭނުންކޮށްގެން ކުރި މި އިންގޭޖްމަންޓްގެ އަގު 500,000 ޕައުންޑުން ފެށިގެން 4 މިލިއަން ޕައުންޑަށް އަރާކަމަށް މާހިރުން ލަފާކުރެއެވެ.

ޓޭލަރ ސްވިފްޓް އޭނާގެ ޕާޓްނަރ ޓްރެވިސް ކެލްސީ އާ އެކު އެންގޭޖް ވެއްޖެކަން އިންސްޓަގްރާމްގައި ގިނަ ބައެއްގެ ޝައުގުވެރިކަން އަމާޒުވި އަނގޮޓީގެ ފޮޓޯއާއެކު ހިއްސާކޮށްފިއެވެ.

މި ޕޯސްޓުގައި "ތިބާގެ އިނގިރޭސި މުދައްރިސާއާއި ތަމްރީނު މުދައްރިސް ކައިވެނިކުރަނީއެވެ،" މިހެން ލިޔެފައިވެއެވެ.

ނަމަވެސް ކޮންމެ އިނގިރޭސި މުދައްރިސަކަށް ހަ ނުވަތަ ހަތް ހާސް ޑޮލަރުގެ ޑައިމަންޑް ރިންގެއް ނުގަނެވޭނެ ކަމަށް މިވާހަކަ ކަވަރު ކުރި ނޫސްވެރިން ފާހަގަ ކޮށްފައިވެއެވެ.

ފޭނުންނާއި މި އެނައުންސްމަންޓަށް ޝައުގުވެރިވި ފަރާތްތަކުން މަޝްހޫރު މި ދެމީހުންގެ އެންގޭޖްމަންޓަށް ސަމާލުކަން ދީފައިވާއިރު، ސްވިފްޓް އިނގިލިން ފެންނަން އޮތް އެންގޭޖްމަންޓް އަނގޮޓި އަށް ދެވުނު ޝައުގު ކުޑައެއް ނޫނެވެ. ގިނަ ބަޔަކު ވަނީ އެ އަނގޮޓިއާ ބެހޭ ގޮތުން އެމީހުންގެ ޚިޔާލުތައް ހިއްސާކޮށްފައެވެ.

ކެލްސީ މި އަނގޮޓި ފަރުމާ ކޮށްފައިވަނީ ޚާއްސަ ކޮށް ވަކި ތީމް އަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އަތްކަންކުރާ ފަރާތަކުން މި އަނގޮޓީ ފަރުމާ ކޮށްފައިވަނީ ސްވިފްޓްގެ އަލަށް އިޢުލާން ކުރި އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" އާ މެޗް ވާ ގޮތައް ކަމަށް ބެލެވެއެވެ.

އަނގޮޓީގެ އަގުގެ ވާހަކަ އަކީ ވެސް ކުޑަ ވާހަކަ އެއް ނޫނެވެ. ރީޓެއިލް ޖުވެލަރ މަޖައްލާގެ މެނޭޖިންގ އެޑިޓަރ ރޫތު ފޯކްނަރގެ ބުނެފައިވާ ގޮތުން އިންޑަސްޓްރީގެ މާހިރުން ލަފާކުރާގޮތުގައި މި އަނގޮޓީގެ އަގު 500,000 ޕައުންޑާއި 4 މިލިއަން ޕައުންޑާ ދެމެދުގައި ވަރު ވާނެ ކަމަށް ބުނެފައިވެއެވެ. މި ޑައިމަންޑަކީ 8-10 ކެރެޓްގެ އެންޓީކް ސްޓޯނެއް ކަމަށް ފޯކްނަރ ބުންޏެވެ.

ޖުވެލަރީ ނޫސްވެރިޔާ ރޭޗަލް ޓޭލަރ ބުނި ގޮތުގެ މި ސްޓޯނުގެ ވިދުން ހުންނަ ގޮތުން މިއީ މެޝިނެއް ބޭނުން ނުކޮށް އަތުން ކަނޑާ ފައިވާ ޑައިމަންޑެއް ކަމަށް ބެލެވެއެވެ. ސްވިފްޓްގެ ރިންގު ވަނީ އެކި ކަހަލަ ކަޓްތަކާއި ބޮޑެތި ސްޓޯންތައް ބޭނުންކުރާ ޒަމާނީ ޓްރެންޑާ ގުޅިފައެވެ.

ޓޭލަރ ސްވިފްޓްގެ އެންގޭޖްމަންޓް ރިންގް

މަޝްހޫރު މީހުންނާއި އަދި އެނޫން ފަރާތްތައް ވެސް މިހާރަކަށް އައިސް އާންމު ގޮތެއްގައި ބޮޑެތި ޑައިމަންޑް ތަކަށް ޝައުގުވެރިވާ ކަން ފާހަގަ ކުރެވުނު ނަމަވެސް، މަޝްހޫރު މީހުން ތަފާތު ވުމަށްޓަކައި ޚާއްޞަ ޑިޒައިންތަކަށް އިސްކަންދެއެވެ. މަޝްހޫރު މީހުންގެ އިނގިލިތަކުން ފެނިފައިވާ އަނގޮޓިތަކުން މިކަން ހާމަވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕާޓްނަރ ޖޯޖީނާ ރޮޑްރިގެޒް އަށް ލިބުނު އަނގޮޓީގެ ޚާއްސަ ސިފަތަކުގެ ވާހަކަ މި ފަހުން ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދިއެވެ. އެ އަނގޮޓީގެ އަގު 5 މިލިއަން ޑޮލަރަށް އަރާކަމަށް ލަފާކުރެވެއެވެ.

އަނެއްކޮޅުން މިހާރުގެ ޓްރެންޑަކީ ލެބޯޓްރީގައި އުފައްދާ ޑައިމަންޑްތަކަށް ޝައުގުވެރިކަން އިތުރުވަމުން ދިއުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު ދުނިޔޭގެ އެންގޭޖްމަންޓް ރިންގުތަކުގެ 52% އަކީ ލެބޯޓްރީގައި އުފައްދާ ޑައިމަންޑްތަކެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް