Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 12:49
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ކުރާ ބިލު
މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރި ނަމަވެސް ރައްޔިތުންގެ ދުލުގައި ގޮށް ނުޖެހޭނެ: މާރިޔާ
މިއީ ރައްޔިތުންނަށް ހަރާންކޯރުވާ ސަރުކާރެއް
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ދޮގު ހައްދަވައިގެން
އެމްޑީޕީން އެއްވެސް އިރެއްގައި ދޮގާއި މަކަރު ހަދައިގެން ވެރިކަމަށް އައުމަށް މަސައްކަތް ނުކުރާނެ

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރި ނަމަވެސް ރައްޔިތުންގެ ދުލުގައި ގޮށް ނުޖެހޭނެ ކަމަށްކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ސަރަހައްދަށް އެމްޑީޕީގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމުން ވަނީ އެއްވަފަ އެވެ. އެސަރަހައްދުގައި ހުންނަވައި ރާއްޖެއެމްވީއަށް މާރިޔާ ވިދާޅުވީ ޕީއެންސީގެ މެންބަރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ތާއީދުކޮށް ފާސްކުރި ނަމަވެސް ރައްޔިތުންގެ ދުލުގައި ގޮށް ނުޖެހޭނެ ކަމަށެވެ.

މިސަރުކާރަށް މިހާރު ތައީދު ނެތްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މިއީ ހަރާންކޯރު ސަރުކާރެއް ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ދޮގު ހައްދަވައިގެން ކަމަށެވެ.

އެބޭފުޅުން ތާއީދުކުރައްވަމޭ ކިޔަައިގެން މިބިލު ފާސްކުރެއްވި ކަމުގައި ވިޔަސް ރާއްޖޭގެ ރައްޔިތުންގެ ދުލުގައި ގޮށެއް ނުޖެހޭނެ. މިއީ ވަރަށް ކުޑަކުޑަ މުޖުތަމައުއެއް. ހަމަ ކޮންމެ ރަށެއްގައި އެ ދައްކަނީ އެއް ވާހަކައެއް. ރައީސް މުއިއްޒު ދޮގު ހަދާ ވާހަކައާއި، ކަމުނުދާ ވާހަކަ. އަޅުގަނޑުގެ އިލްތިމާސްއަކީ އެންމެން ވެސް އަޅުގަނޑު ކައިރީގައި ހަމަ މަގުމަތީގައި ހިނގާފައި އުޅޭ މީހެއް. ހަމަ ދައްކަމުންދަނީ އެދަނީ ދެން ކިހިނެތްހޭ ހަދަނީ. އަޅުގަނޑުގެ އިލްމާސްއަކީ ލޯކަލްކައުންސިލް އިންތިޚާބުގައި އެންމެ ވޯޓެއްވެސް ޕީއެންސީއަށް ނުދޭށޭ.

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ އެމްޑީޕީން އެއްވެސް އިރެއްގައި ދޮގާއި މަކަރު ހަދައިގެން ވެރިކަމަށް އައުމަށް މަސައްކަތް ނުކުރާ ކަމަށާއި، ނަމަވެސް މިސަރުކާރުގެ ބޭފުޅުންނަށް އެގޮތަށް ހީވާނެ ކަމަށެވެ. އެއީ އެބޭފުޅުން އަމަލު ކުރެއްވި ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ވެރިކަމަށް އައުމަށް މަސައްކަތް ކުރާނީ ވައުދުތަކާއެކުމ ހިސާބު ޖަހައިގެން ކަމަށާއި، ސިޔާސީ ހަރަކާތްތައް ހިންގަމުންދަނީ ރޭވިގެން ކަމަށެވެ.

- ކޮމެންޓް