Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 00:52
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ދޯހާގައި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަ ދައްކަވަނީ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ދޯހާގައި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަ ދައްކަވަނީ.
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމަ މެދުކަނޑާލަން ހުށަހެޅި ޕްރޯޕޯސަލަށް ގޮތެއް ނުނިންމާ އިސްރާއީލުން ދިއުޅި ދިގުކުރަނީ
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ޤަބޫލުކޮށްފައިވާ އެއްބަސްވުމަށް އިސްރާއީލުން ޖަވާބެއް ނުދީ ލަސްކުރަމުންދާކަމަށް ޤަތަރުން ކަންބޮޑުވުން ފާޅުކޮށްފި. ޖަވާބެއް ދީފައި ނުވާއިރު، ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން ކުރިއަށް ގެންދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި.

ޣައްޒާ ހަނގުރާމަ މެދުކަނޑާލަން ހުށަހެޅި ޕްރޯޕޯސަލަށް ގޮތެއް ނުނިންމާ އިސްރާއީލުން ދިގު ދަންމަމުން ގެންދާ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާ ގުޅޭގޮތުން މިހާރު ބޯޅަ އޮތީ އިސްރާއީލުގެ ކޯޓުގައި ކަމަށެވެ. އަދި ހަފުތާއަކަށްވުރެ ގިނަ ދުވަސް ކުރިން ހަމާސް އިން ޤަބޫލުކޮށްފައިވާ ހަނގުރާމަ މެދުކަނޑާލުމާއި ރަހީނު ކޮށްފައިވާ މީހުން ދޫކޮށްލުމުގެ ހުށަހެޅުމަށް އިސްރާއީލުން ޖަވާބެއް ދޭން ޝައުޤުވެރިކަމެއް ނުދައްކާތީ ކަންބޮޑުވާ ކަމަށް ވެސް ވާހަކަތުގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ގަތަރުން ބުނެފައިވެއެވެ.

މާޖިދު އަލް-އަންސާރީ ވިދާޅުވެފައި ވަނީ، "މިހާރު އަޅުގަނޑުމެންނަށް އިވެމުންދާ [އިސްރާއީލުގެ] ބަޔާންތަކުން އިތުބާރު ދެމެހެއްޓޭކަން ނެތް،" ކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރެއްވީ އެންމެ ފަހުގެ ހުށަހެޅުމަކީ ކުރިން އެމެރިކާ ބާރުއަޅައިގެން ހުށަހެޅި ޕްލޭނާ "ހަމަ އެއްގޮތް" އެއްޗެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގަތަރުން އަދިވެސް އިސްރާއީލުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް ރަސްމީ ޖަވާބެއް، ދީފައި ނުވާ ކަމަށާއި އެގޮތުން ހުށަހެޅުން ޤަބޫލުކުރާ ކަމެއް ވެސް، ދެކޮޅުހަދާ ކަމެއް ވެސް ނުވަތަ އެހެން ހުށަހެޅުމެއް އޮތް ކަމެއްވެސް ބުނެފައި ނުވާ ކަމަށެވެ.

މެދުވެރިންގެ އެންމެ ފަހުގެ ހުށަހެޅުމުގައި ހިމެނެނީ ފުރަތަމަ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމާއެކު، އިސްރާއީލުގެ ރަހީނުންނާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގައިދީން މަރުހަލާތަކަކަށް ބަހާލައިގެން ބަދަލުކުރުމެވެ. އެހެން ނަމަވެސް، ހުރިހާ ގައިދީން އެއް ފަހަރާ ދޫކޮށްލާ ގޮތައް ނޫނީ އެއްބަސްވާން ބޭނުން ނުވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މި ހުށަހެޅުމާ ގުޅޭ ގޮތުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނުސީދާ ކޮށް ވިދާޅުވީ، އިސްރާއީލަށް ޤަބޫލު ކުރެވޭނެ ޝަރުޠުތަކެއްގެ ދަށުން ރަހީނުން މިނިވަން ކުރުމަށް އަމާޒު ކޮށްގެން އައު މަޝްވަރާތަކެއް ފެށުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި މިކަން ކުރިއަށް ދިޔަ ނަމަވެސް ޣައްޒާ ސިޓީ ހިފުމަށް އޮތް ޕްލޭން ވެސް ކުރިއަށް ގެންދާނެ ކަމުގައެވެ.

މެދުވެރިންގެ އެހީތެރިކަމާ އެކު ހަމާސް އާއި އިސްރާއީލުން އެތައް ބުރެއްގެ މަޝްވަރާތައް ބާއްވާފައި ވާއިރު އެއް ބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

- ކޮމެންޓް