Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 02:24
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް
ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް
ރާއްޖެއެމްވީ
މުޙައްމަދު އާތިފް
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބަދަލުކުރުމަށް މޭޔަރު އާތިފް ރައީސް މުއިއްޒު އަށް ގޮވާލައްވައިފި
މާލޭގައި ހުންނަ ވުޒާރާއަކުން ރަށުގެ އާއްމު ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަކީ މިއަދު ރައްޔިތުން އެންމެ ބޭނުންވާ ގޮތެއް ނޫން
ލާމަރުކަޒީ ނިޒާމަކީ މުޅި ދިވެހިރާއްޖެ ތަރައްޤީކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމު
ލާމަރުކަޒީ ގާނޫނަށް ގެނެވުނު 16 ވަނަ އިސްލާހާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިރާސާއެއް ހަދައި ކަމާބެހޭ ފަރާތްތަކަށް ފޮނުވި

ލާމަރުކަޒީ ގާނޫނަށް ގެނެވުނު 16 ވަނަ އިސްލާހަކީ ކައުންސިލްތަކަށް ގެއްލުންވާނެ އިސްލާހެއް ކަމަށް ވިދާޅުވެ، މި އިސްލާހު އަލުން މުރާޖަޢާކޮށް ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީ އަދި އެންމެ ވަރުގަދަ އިޤްތިޞާދު އޮތް ރަށް ކަމުގައިވާ ކުޅުދުއްފުށްޓަކީ މުޅި އުތުރުގެ ރައްޔިތުން ގިނަ ޚިދުމަތްތަކަކަށް ދުވަހުން ދުވަހަށް ބަރޯސާވާ ރަށެކެވެ. މޭޔަރު އާތިފް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު ކުޅުދުއްފުށީގެ ތަރައްޤީގައި އެންމެ ރަނގަޅަށް ވިންދުޖެހި ތަރައްޤީއަކީ ލާމަރުކަޒީ ތަރައްޤީއެވެ.

"2021 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކާއި މާލީ ބާރުވެރިކަމާއި އިޚްތިޞާޞްގެ ބާރާއެކު، ކުޅުދުއްފުށީގައި ކުރެވުނު މަސައްކަތްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދެވުނު ޚިދުމަތްތަކުގެ ނަތީޖާ މިއަދު ރައްޔިތުންނަށް ފެންނަން އެބަހުރި،" މޭޔަރު އާތިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ މުޅި ދިވެހިރާއްޖެ ތަރައްޤީކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމު ކަމަށް ފާހަގަކުރައްވަމުން، މާލޭގައި ހުންނަ ވުޒާރާއަކުން ރަށްރަށުގެ އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ މިއަދު ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް މޭޔަރު އާތިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު 16 ވަނަ އިސްލާހާ ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ފުރިހަމަ ދިރާސާއެއް ހަދައި، އެ ދިރާސާ ލާމަރުކަޒީ ކޮމިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ކަމާބެހޭ ވަޒީރަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އިދާރާއަށް ފޮނުވާފައެވެ.

"މި އިސްލާހުގެ ސަބަބުން ކައުންސިލްގެ ދައުރުގެ ފަހު އަހަރުގެ ބައެއް މަސައްކަތްތައް ނުކުރެވޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑު އުއްމީދުކުރަނީ މި ގޯސް ބަދަލު އަލުން ރަނގަޅުކުރެވޭނެ ކަމަށް. ކުޅުދުއްފުށީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފަރާތުން ރައީސް މުއިއްޒުގެ އަރިހުން އެކަން އަޅުގަނޑު އިޚްލާސްތެރިކަމާއެކު އެދެން،" މޭޔަރު އާތިފް ވިދާޅުވިއެވެ.

- ކޮމެންޓް