Advertisement
ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 22:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: މީޑިއާ ތަޅުއަޅުވާ ބިލުގެ ބަހުސް ބުދަ ދުވަހު ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: މީޑިއާ ތަޅުއަޅުވާ ބިލުގެ ބަހުސް ބުދަ ދުވަހު ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ
ރާއްޖެއެމްވީ
މީޑިއާ ބިލު
މިނިވަން މީޑިއާ ތަޅު އަޅުވާ ބިލުގެ ބަހުސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ބުދަ ދުވަހު ބޭއްވުމަށް ވަނީ އެޖެންޑާ ކޮށްފަ
މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ހަތް މެންބަރުން ތިބޭއިރު އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުން
ކޮމިޝަނަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރު ލިބިގެންދާނެ

މިނިވަން މީޑިއާ ތަޅު އަޅުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ބުދަ ދުވަހު ދައުރުން ބޭރުގައި ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ދައުރުން ބޭރުން ބުދަ ދުވަހު ބޭއްވުމަށް ތާވަލް ކުރި މަޖިލިސް ޖަލްސާގެ އެޖެންޑާ ނެރެފައިވަނީ އަންގާރަ ދުވަހުގެ ރޭ ގައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިޔުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ މި ހިނގާ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގަ އެވެ. އެ ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ.

އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.

މީޑިއާ ނެތިކޮށްލާ ބިލަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން ކަމަށް މުއިއްޒު ކުރިން ވިދާޅުވުވެފައި ވެއެވެ. އެހެން ނަމަވެސް ހޯމަ ދުވަހުގެ ރޭ ހދ. ނޮޅިވަރަންފަރުގައި އެ ރަށުގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މީޑިއާ ބިލުން އުފެދޭ ކޮމިޝަންގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ހުންނަ ގޮތަށް އޮތުމުގެ ބަދަލުގައި އިސްލާހުކުރާއިރު ކޮމިޝަނުގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވޭ ގޮތަށް ބަދަލުކުރަން ޕީއެންސީ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ކުރަން މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ބިލް ބޭރު ކުރަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވައި، އެ ބިލާ ދެކޮޅުމަށް އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެ އެވެ. އަދި އެ މަނިކުފާނުގެ ޕީއެންސީން ވެސް ބިލާ ދެކޮޅުކަން ހާމައެއް ނުކުރެ އެވެ.

އެހެންވެ، މިއީ ޕީއެންސީގެ ސަޕޯޓާއެކު ކުރިއަށް ގެންދާ ބިލެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެން ކަމުން މަޖިލީހުގައި އޮތީ ވެރުިކަން ކުރާ ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ އަށް ވާއިރު، މި ބިލު ފާސްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައިނުވާއިރު، މި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

- ކޮމެންޓް