Advertisement
ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 17:33
ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމެއް ކަމަށްވާ 'ޑރ. ޕެޕާ: މި ބުއިން ނުވިއްކައި ނައްތާލުމަށް ވަނީ އަންގައިފައި
ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމެއް ކަމަށްވާ 'ޑރ. ޕެޕާ: މި ބުއިން ނުވިއްކައި ނައްތާލުމަށް ވަނީ އަންގައިފައި
ސީ.އެން.އެން
އެމްއެފްޑީއޭ
ރާއްޖޭގެ ބާޒާރަށް ނެރެފައިވާ 'ޑރ. ޕެޕަރ' ނުވިއްކައި ނައްތާލުމަށް އަންގައިފި
އެމްއެފްޑީއޭ އިން ޑރ. ޕެޕަރ ވިއްކުން މަނާކޮށް ނައްތާލުމަށް ވަނީ އަންގާފަ
ޑރ. ޕެޕަރގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް ހުރިކަން ފާހަގަވެފައިވޭ
ރައްކާތެރިކަމުގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގާފަ

ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމެއް ކަމަށްވާ 'ޑރ. ޕެޕަރ' ނުވިއްކައި ނައްތާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ އެމެރިކާގައި އުފައްދާ ޑރ. ޕެޕަރގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރެޒަވޭޓިވްއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެފްޑީއޭއިން ބުނީ، ޑރ. ޕެޕަރ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގައިފައެވެ. އަދި ބާޒާރުގައި މިހާރު ހުރި ނަމަ ޑރ. ޕެޕަރ ނަގައި، ނައްތާލުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރިއެވެ.

އެ އޮތޯރިޓީން ވަނީ 3034213 އާއި 7603204އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ބުނެފައެވެ.

ރާއްޖެއަށް ބައެއް ކާބޯތަކެތީގެ އިތުރުން ބޭސް ވެސް އެތެރެކުރުމަށްފަހު ބޭނުންކުރާތާ ދުވަސްތަކެއްވާ ފަހުން، އެއީ ރައްކާތެރި ނޫން އެއްޗެއް ކަމަށް އެމްއެފްޑީއޭއަށް ފާހަގަވެއެވެ.

އެހެންނަމަވެސް އެފަދަ ތަކެތި އެތެރެކުރުމުގެ ކުރިން ރައްކާތެރިކަން ނުބެލޭ ސަބަބާ މެދު ބައެއް މީހުން ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރެއެވެ. ދާދިފަހުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ކުޑަކުދިން ކެއްސާތީ ބޯ ބޭހެއް ކަމުގައިވާ ކޯފް ސީ ސިރަޕް ރާއްޖޭގައި ވިއްކުން ވެސް މަނާކޮށްފަ އެވެ.

- ކޮމެންޓް