Advertisement
ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 19:42
ކުޅުދުއްފުށީ އޭޓީމް ހުރި ބިން
ކުޅުދުއްފުށީ އޭޓީމް ހުރި ބިން
ރާއްޖެއެމްވީ
ކުޅުދުއްފުށި އޭޓީއެމް
ރައީސްގެ "ރީލޮކޭޓް އުނބުޓަރން": ކުޅުދުއްފުށި ހޮސްޕިޓަލުގައި އަނެއްކާ އޭޓީއެމް ހަރުކުރަނީ
ހޮސްޕިޓަލުގައި ހުރި އޭޓީއެމް ނަގާފައިވަނީ މިދިޔަ މާޗު މަހު
އޭޓީއެމް ނެތުމުން ޚާއްސަކޮށް ރަށުން ބޭރުން އަންނަ މީހުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވި

މިމަހު 26 ގައި ހދ. ކުޅުދުއްފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް އެރަށު ހޮސްޕިޓަލުގައި އަނެއްކާ އޭޓިއެމް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލުގައި ހުރި އޭޓީއެމް އެތަނުން ނަގާފައިވަނީ މިދިޔަ މާޗު މަހު އެވެ. އެ އޭޓީއެމް އަކީ އެރަށު ހޮސްޕިޓަލުގެ އިމުގެ ތެރޭގައި ހުންނަ އޭޓިއެމް އެކެވެ. އަދި އޭރު އެތަނުން އޭޓިއެމް ނަގާފައިވަނީ އެތަނުގައި އެއްވެސް އިތުރު ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމާ ގުޅިގެން ނޫންކަންވެސް ރާއްޖެ އެމްވީ އަށް ވަނީ އެނގިފަ އެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލް މޭޔަރު މުޙައްމަދު އާތިފް ވިދާޅުވި، އޭޓިއެމް އެތަނުން ނެގުމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކުގެ ޝަކުވާ ލިބުނު ކަމަށާއި ހާއްސަކޮށް ރަށުން ބޭރުން ހޮސްޕިޓަލަށް އަންނަ މީހުންނަށްވެސް ވަރަށް ބޯޑު ތަކުލީފަކަށް ވެފައި އޮތް ކަމެއް ކަމަށެވެ.

އާާތިފް ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި އަނެއްކާ އެތަނަށް އޭޓިއެމް ވައްދާފައި ހުއްޓައި ފެނުނު ކަމަށާއި އަދި އެކަމުގެ އެއްވެސް މައުލޫމާތެއް ބޭންކުން ވެސް ހިއްސާ ކޮށްފައި ނުވާކަމަށެވެ.

އެތަނުން އޭޓިއެމް ރިމޫވް ކުރި ސީދާ ސަބަބެއް ނޭންގެ، އޭޓިއެމް ރިމޫވް ކުރީމަވެސް އަޅުގަނޑުމެން ބެންކުގައިވެސް ބުނިން ލިޔެކިއުމުން ލެޓަރ ވެސް ފޮނުވާފަ ހުންނާނެ އަދިވެސް އޭތި ބަހައްޓަދޭން ދެން އެކަމު އަޅުގަނޑުމެން އެދިގެންވެސް އޭރަކު ބަހައްޓައެއް ނުދިން ދެން މިހާރު އަޅުގަނޑަކަށް ވަކި ރީޒަން އެއް ނެންގެ އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅެއް މިމަހު 26 އަށް މި ޝެޑިއުލްވީ، ދެން މި ފެނުންނީ އެކަން ވެފަ ހުއްޓާ އަޅުގަނޑެއް ނުދަންނަވަން އެހެން ވެގެންނެކޭ އެހެން އެވިއެއް

މޫހައްމަދު އާތިފް

އަލުން އޭޓިއެމް އެތަނަށް ރީލޮކޭޓު ކުރުމާއި ގުޅިގެން އެރަށު ރައްޔިތުން އުނބު ބޭނުންކޮށް ބެނާއެއް ދަމާފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯއިން ފެންނަގޮތުގައި އެ ބެނާގައި ލިޔެފައިވަނީ "ރީލޮކެޓު އުނބުޓާން" އެވެ. އެންގިފައިވާ ގޮތުގައި ބެނާގައި މިގޮތައް ލިޔެފައިވަނީ ރައިސް ވަޑާއިގަތުމަށް ހަމަޖެހިފައިވަނިކޮށް އަލުން އެތަނުގައި އޭޓިއެމް ހަރުކުރުމުންނެވެ.

މީގެ އިތުރުން އެރަށު ސިޓީ ކައުންސިލް ގެ މެންބަރަކު ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބޭންކުން އަލުން ބިމަކަށް ރިކުއެއްސްޓު ކުރި ކަމަށާއި އަދި ބިމެއް ދެއްކި ފަހުން ގާނޫނު ފާސްވުމާއި ގުޅިގެން އެބިން ދިނުމުގެ ބާރު ގެއްލިފައިވާކަމަށެވެ. އަދި ރައީސްގެ މި ދަތުރުފުޅާއި ގުޅިގެން އޭރު ބޭންކަށް ދޭން ހަމަޖެހިފައިވާ ބިމުގައި އޭޓިއެމްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް