Advertisement
ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 23:48
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އާ ޓާމިނަލް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އާ ޓާމިނަލް
ޓީޓީއެމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
އާ ޓާމިނަލްގެ 90 އިންސައްތަ މަސައްކަތް ކުރީ ރައީސް ޞާލިޙްގެ ވެރިކަމުގައި: ރައީސް ޔާމިން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ 90 އިންސައްތަ މަސައްކަތް ނިންމާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެ ވެރިކަމުގައި
އާޓާމިނަލް ގެ މަސައްކަތަކީ އެއަރޕޯޓް މުޅި މަޝްރޫއުގެ 35 އިންސައްތަ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ 90 އިންސައްތަ މަސައްކަތް ނިންމާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެ ވެރިކަމުގައި ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިލަންގެ ވާހަކަ ދައްކަން ރައީސް މުއިއްޒު ލަދު ގަންނަން ޖެހޭނެ ކަމުގައެވެ.

އާޓާމިނަލް ގެ މަސައްކަތަކީ އެއަރޕޯޓް މުޅި މަޝްރޫއުގެ 35 އިންސައްތަ ކަމަށާއި މަޝްރޫއުގެ 60 އިންސައްތަ އަށްވުރެ ބޮޑު ބައެއް އެމަނިކުފާނުގެ ވެރިކިމުގައި ނިންމާފައިވާނޭ ކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވިއެވެ.

ޓާމިނަލް ނިމުމުގެ ބޮޑު މަސައްކަތް ނިންމަވާފަ މިއޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ޓާމިނަލްގެ %90 މަސައްކަތް ރައީސް ޞާލިޙްގެ ވެރިކަމުގައި ވަނީ ނިންމާފަ. މިސަރުކާރުން ކުރީ އެންމެ %10 މަސައްކަތް

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް

ކަންކަމުގެ ކްރެޑިޓް ނަގަންވެސް ހައްދެއް އޮންނަން އޮންނަންވާނެ ކަމަށް ފާހަގަކޮށް ކުރީގެ ރައީސް ޔާމިން ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ހަގީގަތް ދަންނަ މީހުން އެބައުޅޭ ކަމަށާއި ހިސާބު އަކުރުން އަދަދު ކިޔާދޭނެ މީހުންވެސް އެބަތިބި ކަމުގައެވެ. މިސަރުކާރުގެ ވަތުބަތާނާ ރައްޔިތުންނަށް މިހާ ސާފުކޮށް އެނގޭ ހިސާބަށް ދިޔައީމާ، ދެން ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ކަމެއް ފޮރުވަން ކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވިއެވެ.

ކަންކަން ފޮރުވަން މިސަރުކާރުން ކުރާ ބައެއް ކަންކަންވެސް ކުރީގެ ރައީސް ޔާމިން ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި ކޯޓުތައް އަޅުވެތިކުރުން، އެންޓިކަރަޕްޝަން ކޮމިޝަން ޕެރަލައިޒް ކޮށްލުން، އޮޑިޓަރ ޖެނެރަލް މަންމަނަކަށް ހެދުން ހިމެނޭކަމަށް ކުރީގެ ރައީސް ޔާމިން ފާހަގަކޮށްފައި ވެއެވެ.

ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކާ މިހާރު ރައީސް މުއިއްޒު އެދަނީ ކުރެވެން ހުރި ހުރިހާކަމެއް ކުރަމުން ކަން ފާހަގަ ކުރައްވާ ، ރައީސް ޔާމިން ވިދާޅުވީ މަޖިލީހުގައި މިހާރު އޮތްބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލާ، ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތްކުރާ މީޑިޔާތަށް ފުނޑާލަން ހިންގާ އަމަލެއް ކަމުގައެވެ.

ޖަލްސާގައި ޔާމީން ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެއީ ކައުންސިލުތަކުގެ ބާރުކަނޑުވާލުން ކަމަށް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ މީގެ ނުވަ އަހަރު ކުރިންނެވެ. އެއީ މެއި 22، 2016 ގަ އެވެ. ސައުދީ އަރަބިއްއާގެ ބިންލާދިން ގްރޫޕާ 350 މިލިއަން ޑޮލަރަށް ހަވާލުކޮށްގެން އޭރު އެ މަސައްކަތް ފެށީ 2019 އަށް މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.

ނަމަވެސް 2018 ގައި ވެރިކަން ބަދަލުވީއިރު، އާ ޓަމިނަލްގެ ނިމިފައި ހުރީ ޕައިލިން މަސައްކަތްތައް އެކަންޏެވެ. ދެން ވެރިކަމަށް އައި ރައީސް ސޯލިހުގެ ސަރުކާރުން އާ ޓާމިނަލްގެ މަސައްކަތްތައް 2019 ގައި އަލުން ފެށީ މިހާރު އެ ފެންނަ ފަރުމާއަށް ބަދަލު ކޮށްގެންނެވެ.

އެއާޕޯޓުގެ އާ ޓާމިނަލްއަށް ގެނައި ބަދަލުތަކާއެކު މުޅި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 438 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.

- ކޮމެންޓް