Advertisement
ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 15:54
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ފ) އަދި ޕިއެންސީގެ މަޖިލިސް މެންބަރުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ފ) އަދި ޕިއެންސީގެ މަޖިލިސް މެންބަރުން
ރާއްޖެއެމްވީ
ޕީއެންއެފް ޖަލްސާ
ޔާމީންގެ ޖަލްސާއަށް ދިޔަ މީހުންނަކީ 'ބަންގާޅީން' ކަމަށް ފަލާހު ވިދާޅުވެއްޖެ
ޖަލްސާއަށް މީހުން ގެންދިޔައީ ފައިސާ ދީގެން
ރައީސް ޔާމީން ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ
ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުން ވަގަށް ނެގި ފައިސާ ހަލާލު ފައިސާއަކަށް ނުހެދޭނެ ކަމަށް ފަލާހު ވިދާޅުވި

ޕީއެންއެފް އިން އިސްނަގައިގެން ބޭއްވި 'ވޭކް އަޕް' ޖަލްސާގައި ތިބި ދެބައިކުޅަ އެއްބައި މީހުންނަކީ 'ބަންގާޅީން' ކަމަށް ޕިއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އެތައް ސަތޭކަ މީހުން ދިޔަ ޖަލްސާގައި ކުރީގެ ރައިސް އަބްދުﷲ ޔާމީން ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން މަޖިލިސް މެންބަރުން ފައިސާ ނަގާ ވާހަކައާއި ސަރުކަރުގެ ކޮރަޕްޝަނާއި ރިޝްވަތުގެ ވާހަކަ ދެއްކެވިއެވެ.

ޔާމީންގެ ޖަލްސާ ސަރުކާރުގެ ގިނަ މެންބަރުންނާއި ސިޔާސީ މީހުންތައް ބެލިކަން ހާމަވާއިރު، އެ ޖަލްސާއާއި ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕިއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރައީް ޔާމީނަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދަޢުލަތުން ވަގަށްނަގާފައިވާ އެތައްސަތޭކަމިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެކަމަށްހީނުކުރެއްވުމަށެވެ.

އަދި ޖަލްސާއަށް 200މީހުން ގެންދިޔައީ ދަޢުލަތުން ވަގަށްނަގާފައިވާ ފައިސާއިން ބޮލަކަށް 1200 ރުފިޔާދީގެން ކަމަށާއި، އެވަރުންވެސް 2 ބައިކުޅަ އެއްބައިތިބީ 'ބަންގާޅީން' ކަމަށެވެ.

ޔާމީނު ހަނދާނަށްނާންނަނީބާ ވެރިކަމުގަ 18ވަނަ މަޖިލީހުގައި މެމްބަރުންނާއި މެދު ކަންތަށްކުރިގޮތުން ޕީޕީއެމްގެ 12 މެމްބަރުން ތިންއަހަރު މަގުމަތީ ގަނަތެޅުވިކަން ތިޔަށްވުރެ މެމްބަރުން ނިކަމެތިކުރި ވެރިއެއްނެއިތް! ރައީސް މުޢިއްޒުވަނީ މެމްބަރުންނަށް މަޖިލީހުގައި ފުރިހަމަމިނިވަންކަންމަތީ މަސައްކަތްކުރުމުގެ އިޚްތިޔާރުދެއްވާފައި

ޕިއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު

ފަލާހު ވިދާޅުވީ 20ވަނަ މަޖިލީހުން އަލަށް ފާސްކުރާ އަދި އިސްލާހް ގެންނަ އެއްވެސްޤާނޫނެއް ގޯސްވެގެން ކުރިއަށްއޮތް އެއްވެސް މަޖިލީހަކުން ބަދަލެއް ނުގެންނާނެ ކަމަށް ބެޓް ކުރައްވާ ކަމަށެވެ. އަދި ރައީސް މުޢިއްޒު މިޤަޢުމުގެ ރައްޔިތުންގެ ހެވާ ލާބައަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޔާމީނު ފަދަ މިޤަޢުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަވެސް ބަދަލެއްނާނަނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުކުޅު ކޮއްޓަށް އަޅާ ކާނާ އާއި ޕީއެންސީގެ މެންބަރުންނާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ މެންބަރުން އެ ކުރާ ކަމަކީ އިންސާނީ ކަރާމާތް ޑީގްރޭޑު ކޮށްލުން ކަމަށެވެ. ޔާމީން ވިދާޅުވީ، މެންބަރުން އެ ތިބީ އެމީހުންނާއި އެމީހުންގެ ނަފުސާއި ރައްޔިތުން ވެސް ވިއްކާލައިގެން ކަމަށެވެ.

ޔާމީންގެ މި ވާހަކަ ހަޖަމްކުރަން ދަތިވެ ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ފުރާލާފައެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކަސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ޕީއެންސީ ގެ މަޖިލިސް މެމްބަރުންގެ ނަފްސުގެ އިއްޒަތާއި، އިތުބާރާއި، ކަރާމާތާއި، ޝަރަފަކީ ރައީސް ޔާމީން ދެއްވާ އެއްޗެއް ނަމަ، އެއިން އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސިފައިން ލައްވާ މަޖިލީހުގެ ގޯތި ފޫޓުފާރު މަތިން ނަގާ ހޫރުވާލި ވެރިއަކަށް ޤާނޫނު ހަދާ މަޖިލީހުގެ ކަރާމާތެއް އެގިވަޑައެއް ނުގަންނަވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޕިއެންސީ ގެ މެމްބަރުންނަކީ ރައީސް ޔާމީންގެ ތާޢީދާއެކު އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނެއް ނޫން ކަމަށާއި، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ތިމާ ބޭނުންވާ ގޮތައް ބޯނުލަނބާ މެމްބަރުންނަމަ އެއީ މުޑުދާރު ބައެއް ކަމަށް ސިފަކުރުމަކީ ތާހިރު ސިފައެއް ނޫން ކަމަށެވެ.

- ކޮމެންޓް