Advertisement
ކ. މާލެ
|
20 އޯގަސްޓް 2025 | ބުދަ 17:43
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން: މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން: މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ
ދިރާގު
ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ
ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ
ޑީއެމްއާރްއާރް އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް)ގެ ކޯޗިން ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީ.އެމް.އާރް.އާރްގެ ކޯޗިންގ ޕާޓްނަރުން ހޮވަމުންނެވެ.

ދިރާގުން ބުނީ ކޯޗިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 26 އޮގަސްޓް 2025 ގެ ކުރިން ދިރާގު އަށް އީމެއިލް ފޮނުއްވައިގެން ކުރިމަތިލެވޭނެ ކަމަށެވެ.

ދިރާގުން ބުނީ ޑީ.އެމް.އާރް.އާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުން ކަމަށެވެ.

މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ޑީއެމްއާރްއާރްގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ފާއިތުވެގެންދިޔަ އަހަރުތަކުގެ ތެރޭގައި ޑީ.އެމް.އާރް.އާރް މިވަނީ ދިވެހިރާއްޖޭގެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެންމެ ބޮޑު ދުވުމުގެ ހަރަކާތަށް ވެފައެވެ. ދިރާގުގެ އަމާޒަކީ ކޯޗިން ޕާޓްނަރުންގެ އެހީ އާއިއެކު މި ދުވުމަށް ގިނަ ބަޔަކު ފުރިހަމަ ގޮތުގައި ތައްޔާރުވެ، މި އިވެންޓްގެ ރޫހު އިތުރަށް ވަރުގަދަވެގެން ދިއުން ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން އެ ކުންފުނީގެ ވެބްސައިޓު ބެދުވެރިކޮށް މޯލްޑިވްސް ރޯޑް ރޭސް އަށް ރަޖިސްޓަރ ކުރެވޭނެ ކަމަށެވެ. އަދި މި އިވެންޓާއި ގުޅޭ އިތުރު މައުލޫމާތު ވެސް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނޭ ކަމަށެވެ.

- ކޮމެންޓް