Advertisement
ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 19:46
 ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރި މަނަވަރު ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލުކޮށް ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރި މަނަވަރު ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލުކޮށް ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި
ރައީސް އޮފީސް
ރައީސް މުހައްމަދު މުއިއްޒު
"ކައިރި މުސްތަޤްބަލެއްގައި އަސްކަރިއްޔާ އަށް އިތުރު އުޅނދުތަކެއް ގެންނަނީ"، ތަފްސީލެއް ނެތް!
ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ރައީސް މުއިއްޒު އިތުރު އުޅަނދުތައް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަން ކޮށްފައިވޭ
އެ މަނަވަރާއި އެކު ދިވެހި އަސްކަރިއްޔާގެ ބާރު އެތައް ގުނަ އެއް ބޮޑަށް އުފުލިގެންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުވި

ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކައިރި މުސްތަޤްބަލެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ އަސްކަރިއްޔާ އަށް އިތުރު އުޅަނދުތައް ހޯއްދަވައިދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މިއީ އަސްކަރިއްޔާ ވަރުގަދަކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ކުރައްވާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަލަށް ގެންނަނީ ކިހާ އުޅަނދެއް ކަން ނުވަތަ އެކަމަށް ޚަރަދު ކުރަނީ ކިހިނެތްކަން އޭނާ ހާމައެއް ނުކުރައްވައެވެ. އަދި އެ އުޅަނދުތަކަކީ ކޮން ކަހަލަ އުޅަނދުތަކެއް ކަމެއް ވެސް އެކަމަށްޓަކާ ބޭނުންވާ ފައިސާ ހޯދަނީ ކިހިނެތްކަން ވެސް ސާފުކޮށްދެއްވާފަ އެއް ނުވެއެވެ.

"ރާއްޖޭގެ ކަނޑުގެ ސަރައްހަދު ބޮޑު. މިކަން ފަސޭހަކޮށްދިނުމަށް ރައީސް ކުރައްވާ މަސައްކަތަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ސިފައިންނާއި ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމުގައި އަސްކަރިއްޔާ ވަރުގަދަ ކުރެއްވުން. ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކައިރި މުސްތަޤްބަލެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ އަސްކަރިއްޔާ އަށް އިތުރު އުޅަނދުތައް ހޯއްދަވައިދެއްވާނެ. އެ މަންޒަރު ދިވެހިންނަށް ފެނިގެންދާނެ." އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރާއި އެކު ދިވެހި އަސްކަރިއްޔާގެ ބާރު އެތައް ގުނަ އެއް ބޮޑަށް އުފުލިގެންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް ވިދާޅުވިއެވެ. އެއީ ދިވެހި އަސްކަރިއްޔާގެ އަރުމާދަށް ލިބޭ ކުރިއެރުމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. 200 މޭލް އެތެރެ އާއި ބޭރު ބެލެހެއްޓުމަށް ދިވެހި ސިފައިންނާއި ހަވާލުވެފައިވާ މަސްޢޫލިއްޔަތަކީ ބުރަ މަސްޢޫލިއްޔަތެއް ކަމަށް ޙިލްމީ ވަނީ ވިދާޅުވެފައެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކުރުމަކީ ތާރީހީ ކަމެއް ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ. ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ސިފަކުރައްވާ އޭނާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.

- ކޮމެންޓް