ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 16:44
އައިފެލް ޓަވާ
އައިފެލް ޓަވާ
ގެޓީއިމޭޖަސް
އައިފެލް ޓަވަރު
ތަފާތު މޫސުންތަކުގައި އައިފެލް ޓަވާގެ އުސްމިނަށް ބަދަލު އަންނަކަން އެނގޭތަ؟
އަހަރަކު 7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މި އިމާރާތަކީ ގުދުރަތީ ގޮތުން އުސްމިނަށް ބަދަލު އަންނަ މަދު ތަންތަނުގެ ތެރެއިން ތަނެކެވެ.

ގުދުރަތީ ގޮތުން އިމާރާތްތަކުގެ އުސްމިނަށް ބަދަލު އައުމަކީ އާއްމުކޮށް އަހާ އުޅޭ ވާހަކައެއް ނޫނެވެ. ނަމަވެސް މިކަހަލަ އާދަޔާ ޚިލާފު ކަންކަން މަދުން ނަމަވެސް ދިމާވެއެވެ.

އަހަރަކު ހަތް މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ، މުޅި ދުނިޔެއަށް ވެސް މަޝްހޫރު ފްރާންސްގެ އައިފެލް ޓަވަރަކީ އަބަދުވެސް އެކިއެކި ސަބަބުތަކަށްޓަކައި، ޚަބަރުތަކުގެ ސުރުޚީން ޖާގަ ހޯދާ ބިނާއެކެވެ. ބިނާކުރުމަށް ދެ އަހަރެއްހާ ދުވަސް ހޭދަވި މި ޓަވަރު އެއްކޮށް ނިންމާލެވުނީ 1889 ވަނަ އަހަރުގެ މާރޗު މަހުއެވެ.

އައިފެލް ޓަވާ ބިނާކުރުމުގެ އެކި މަރުހަލާތައް ދައްކުވައިދޭ ފޮޓޯއެއް

މިޓަވަރު ބިނާކުރަން 10،100 ޓަނުގެ ދަގަނޑު ބޭނުންކޮށްފައިވެއެވެ. އައިފެލް ޓަވާގެ ފްރޭމް ހަދައިފައިވަނީ "ޕެޑްލިންގ އަޔަން" އިންނެވެ. ޕެޑްލިންގް އަޔަން އަކީ، ދަގަނޑުގައި ހިމެނޭ ކާރބަން ފިލުވުމަށް ރިފައިން ކޮށްފައިވާ ދަގަނޑުގެ ވައްތަރެކެވެ. މި ފްރޭމްގެ ބަރުދަނުގައި 7،300 ޓަނު ހުރެއެވެ.

ކޮންމެ ހޫނު މޫސުމެއްގައި މިޓަވަރު އިތުރު ހަ އިންޗި އުސްވާ އިރު، އަދި ހޫނުމޫސުން ނިމި ފިނި މޫސުމަށް އެޅުމުން އަަނެއްކާވެސް ކުރިން ހުރި އުސްމިނައް ރުޖޫއަވެއެވެ. މިކަމަކީ ވަރަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަނެފައިވާ ކަމެކެވެ. މިކަން މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބީ މިޓަވަރުގެ ފްރޭމް ހަދައިފައިވާ މަޢުދަނުގެ ސަބަބުންނެވެ.

އަހަރުމެންގެ ވަށައިގެންވާ ހުރިހާ އެެއްޗެއްވެސް އުފެދިފައިވަނީ ކުދިކުދި މޮލިކިއުލްސްތަކެއް އެކުވެގެން ކަމަށް ވާއިރު. "ޕެޑްލިންގ އަޔަން" ގައިވާ މޮލިކިއުލްސް ތަކަށް ލިބިފައިވާ ސިފަތަކެއްގެ ސަބަބުން، މިވައްތަރުގެ ދަގަނޑުގެ ފިނިހޫނުމިން ވަކިވަރަކަށްވުރެ މަތިވުމުން އޭގައިވާ މޮލިކިއުލްތަކުގެ ހަރަކާތްތައް އިތުރުވެ، ހަރަކާތްކުރަން އިތުރު ޖާގަ އުފައްދާ، މިކަމުގެ ސަބަބުން މިވައްތަރުގެ މަޢުދަނުން އުފައްދާފައިވާ ތަކެތި އިތުރަށް ބޮޑުވާން ދިމާވެއެވެ. މިކަމަށް ބޭނުންކުރާ ސައިންޓިފިކް ބަހަކީ "ތާމަލް އެކްސްޕެންޝަން" އެވެ.

ތާމަލް އެކްޕެންޝަންގެ ވާނުވާ އަންގައިދޭ ކުރެހުމެއް

ފިނިމޫސުމުގައި އައިފިލް ޓަވާ ކުރިން ހުރި އުސްމިނަށް ތިރިވާން ދިމާވަނީ، ފިނިވުމުގެ ސަބަބުން މޮލިކިއުލްތައް ކައިރިވެ ފިތުމުންނެވެ. ފިނިގަދަވާ ވަރަކަށް މޮލިކިއުލްތަކުގެ ހަރަކާތްތައް ލަސްވެ ވީހާވެސް އެއް މޮލިކިއުލް އަނެއް މޮލިކިއުލްއާ ކައިރިވެ ފިތޭ ގޮތްވެއެވެ.

ކޮންމެއަކަސް މޫސުން ބަދަލުވުމާ އެކު އައިފިލް ޓަވަރުގެ އުސްމިނަށް އަންނަ ބަދަލުގެ ހަގީގަތަކީ މިއީއެވެ.

- ކޮމެންޓް