މުހިންމު މަސައްކަތްތަކެއް ނިންމަން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަަ ދައުރު އޮގަސްޓު 21، ގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދައުރު ދަންމާލަނީ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފަ އެއް ނުވެއެވެ.
ދައުރު ދިގު ދަންމާލުމަށް ފާސްކޮށްފައި ވަނީ 59 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެކަމާއި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންނެވެ.
މަޖިލީހުގެ މަސައްކަތްތައް އިތުރު ހަފްތާ އެއް ހާ ދުވަހަށް ދިގު ދަންމާލާފައި މިވަނީ އަވަސް އަަރުވާލައިގެން ބައެއް ބިލުތަކުގެ މަސައްކަތް ކުރަން ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތުކުރެއެވެ.
އެހެންނަމަވެސް މަޖިލީހުގެ އަބްރުއްރަހީމް ވަނީ ދައުރު ދިގުދަންމާލަނީ ރައްޔިތުންނާއި ގުޅުން ހުރި މަަސައްކަތްތައް ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއްގޮތަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އަވަސް އަރުވާލައިގެން ބިލުތައް ނުނިންމާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ދައުރު ދިގުދަންމާލާފައިވާ އިރު ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް އިތުރު ބިލެއް ހުށަހަޅަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން އެ ބިލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާލުން އެކަށީގެންވެއެވެ.