ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 12:05
އެތުލެޓިކޯ އަށް ބަދަލުވި ރަސްޕަޑޯރީ
އެތުލެޓިކޯ އަށް ބަދަލުވި ރަސްޕަޑޯރީ
ރޮއިޓަރސް
އެތުލެޓިކޯ މެޑްރިޑު
ރަސްޕަޑޯރީ އެތުލެޓިކޯ އަށް ބަދަލުވެއްޖެ
އެތުލެޓިކޯއާ އެކު ރަސްޕަޑޯރީ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރު އެވެ.

ނަޕޯލީ އަށް ކުޅެމުން އައި އިޓަލީގެ ފޯވާޑު ޖިއަކޯމޯ ރަސްޕަޑޯރީ، އެ ކުލަބު ދޫކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލު ވެއްޖެ އެވެ.

ސަސުއޯލޯ ދޫކޮށްލުމަށް ފަހު އެންމެ ފުރަތަމަ 2022 ވަނަ އަހަރު ރަސްޕަޑޯރީ ނަޕޯލީ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2023 ވަނަ އަހަރު އެ ކުލަބާ އެކު އޭނާ ވަނީ ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

ނަޕޯލީ އާއެކު ރަސްޕަޑޯރީ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެވެ. ނަމަވެސް އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، އެ އެއްބަސްވުން އުވާލުމަށް ފަހު އޭނާ ވަނީ އެތުލެޓިކޯ އަށް ބަދަލުވެފަ އެވެ.

ނަމަވެސް އޭނާ ވަނީ ނަޕޯލީ ދޫކޮށްލުމަށް ފަހު، އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. އެތުލެޓިކޯއާ އެކު ރަސްޕަޑޯރީ ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރު އެވެ.

އެތުލެޓިކޯ އަށް ރަސްޕަޑޯރީ ހޯދާފައިވާއިރު، އެ ކުލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލުމަށް ޚާއްސަ އިވެންޓެއް އެ ކުލަބުން ބާއްވާނެ އެވެ. އެތުލެޓިކޯ އިން ވަނީ ރަސްޕަޑޯރީ އެ ކުލަބަށް ބަދަލުވެފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

އެތުލެޓިކޯ އަކީ ރަސްޕަޑޯރީގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭނެ ތިން ވަނަ ކުލަބެވެ. ނަޕޯލީ އާއެކު ހޭދަ ކުރި ތިން ސީޒަންގެ ތެރޭގައި ރަސްޕަޑޯރީ ވަނީ އެ ކުލަބަށް ކުޅެދިން 109 މެޗުގައި 18 ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އަންނަނީ އިޓަލީގެ ސީނިއާ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް އިޓަލީގެ ޤައުމީ ޓީމަށް ކުޅެދިން 40 މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ. އިޓަލީގެ ޤައުމީ ޓީމާ އެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް