ކ. މާލެ
|
11 މެއި 2025 | އާދީއްތަ 09:54
މެޗުގައި ލަނޑު ޖެހުމަށްފަހު ސޯލޮތު އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސޯލޮތު އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ސޯލޮތުގެ ރެކޯޑު ހެޓްރިކާ އެކު އެތުލެޓިކޯ މޮޅުވެއްޖެ
މި މެޗުގައި ތިން ލަނޑު ޖަހައިގެން ސޯލޮތު ހެޓްރިކް ހަދާފައިވާއިރު، މިއީ ސްޕެނިޝް ލީގުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ކުޅުންތެރިޔާ އެވެ.

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު މޮޅުވެއްޖެ އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި އެތުލެޓިކޯ އިން އެ ޓީމުގެ ހަތަރު ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އެލެގްޒެންޑާ ސޯލޮތު އެވެ. އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ލަނޑު ޖެހިތާ މިނެޓެއް ފަހުން ސޯލޮތު ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައި، މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ. މެޗުގައި އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ސޯލޮތު ޖެހީ މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގަ އެވެ.

މި މެޗުގައި ތިން ލަނޑު ޖަހައިގެން ސޯލޮތު ހެޓްރިކް ހަދާފައިވާއިރު، މިއީ ސްޕެނިޝް ލީގުގައި އެންމެ އަވަހަށް ހެޓްރިކް ހެދި ކުޅުންތެރިޔާ އެވެ.

މެޗުން މޮޅުވެ އެތުލެޓިކޯ އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 35 މެޗުން އެ ޓީމަށް ލިބެނީ 70 ޕޮއިންޓެވެ.

- ކޮމެންޓް