Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 13:22
ދިވެހި ހައްޖުވެރިން - ހައްޖަށް މީހުން ގެންދިއުމުގައި ވައްކަން ނުކުރާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައި
ދިވެހި ހައްޖުވެރިން - ހައްޖަށް މީހުން ގެންދިއުމުގައި ވައްކަން ނުކުރާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައި
ރާއްޖެ ހައްޖު މިޝަން
ހައްޖަށް މީހުން ގެންދިއުން
ޙައްޖު އަދާކުރުމަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރަނީ
ލިސްޓު އާއްމު ކުރާނީ ކޮން އިރަކު ކަމެއް ވަޒީރު ހާމައެއް ނުކުރައްވާ
ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް އިސްކަން ދޭކަމަށް މިނިސްޓަރު ވިދާޅުވި
ހައްޖަށް ދިއުމުގެ އަގު ކުޑަކުރުމަށް އައުގާފް އިމާރާތްތަކުން ލިބޭ ފައިސާގެ ބައެއް ބޭނުންކުރާނެ ކަމަށް ވިދާޅުވި

ޙައްޖު އަދާކުރުމަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުަވަހުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަަމަށެވެ.

ހައްޖަށްދާން ޖާގަ މީހުންގެ ލިސްޓު އާއްމު ކުރާނީ ކޮން އިރަކު ކަމެއް ވަޒީރު ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ކޯޓާގައި އޮޅުވާލައިގެން ނުވަތަ ކިއު އަށް ނުބަލާ މީހުން ގެންދާ ކަަމަށް ދެކެވޭ ވާހަކަތައް ވެސް މިނިސްޓަރ ވަނީ ދޮގުކުރައްވާފައެވެ.

ހަމައެހެންމެ ހައްޖަށް ދިއުމުގެ އަގު ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އައުގާފް އިމާރާތްތައް ނިމުމުން އެ ތަނުން ލިބޭ ފައިސާގެ ތެރެއިން ބައެއް ހައްޖުގެ އަޅުމަކަށް ދިވެހިން ފޮނުވުމަށް ހަމަޖައްސާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވަނީ އެކަމަށްޓަކާ އެކުލަވާލަ ޤާނޫނުތައް ހަދާ އެއަށް އަމަލުކުރަން ފަށަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހައްޖަށް މީހުން ގެންދިއުމުގައި ވައްކަން ނުކުރާ ކަމަށް ޝަހީމް ވިދާޅުވެފައި ވާއިރު ކިއު ފަޅާލާފައި އުސޫލާއި ޚިލާފަށް މީހުން ހައްޖަށް ގެންދާ ކަމަށް ބުނެ އާއްމުން ޝަކުވާ ކުރެއެވެ. އެކަމާއި މެދު މެމްބަރުން ތަކުރާރުކޮށް ޝަހީމް އާއި ސުވާލުކުރި ނަމަ ވެސް ޝަހީމް ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

- ކޮމެންޓް