އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 އަށް އެ ތަނުގައި ޖެހި ބޮޑު ޓެންޓެއް ނުނަގާ ހުރީ އެޗްޑީސީގެ އިވެންޓަކަށް ބޭނުންވާތީ ހާއްސަ އެރޭންޖުމެންޓެއްގެ ދަށުން ކަން ހާމަވެއްޖެ އެވެ.
ފާޑުކިއުން އަމާޒުވެ އޮފިޝަލް އިވެންޓްސް ގެ ޓެންޓު މިހާރު ވަނީ ރޫޅާލާފައެވެ. އޮފިޝަލް އިވެންޓުން ބެހެއްޓި ޓެންޓު ރޫޅާލާފައި މިވަނީ، އެ ޓެންޓު އެތަނުން ނަގަން ތަކުރާރުކޮށް އެންގުމުން ވެސް ނުނަގާ ހުރި މައްސަލައިގެ ހަބަރު ހެދުމުން އާންމުންގެ ފާޑުކިޔުން ބޮޑުވީ ފަހުންނެވެ.
އިތުބާރު ހުރި ފަރާތަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، އެ ޓެންޓު ނުނަގާ ހުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިވެންޓަކަށް އެތަން ބޭނުންވާތީ އެޗްޑީސީ އާއި އޮފިޝަލް އިވެންޓާ ދެމެދު ހެދިފައިވާ ހާއްސަ އެރޭންޖުމެންޓެއްގެ ދަށުން ކަމަށެވެ.
އޮފިޝަލްސް އިން ބުނަނީ އެޗްޑީސީގެ އިވެންޓަކަށް އެމީހުން ވާހަކަދައްކަމުންނޭ ދަނީ އެ ޓެންޓު ބައިންދަން، އެހެންވެގެންނޭ ނުނަގާ އެހުރީ، އެއީ އަނެއްކާ އަލުން ޓެންޓު ޖަހަން ޖެހިދާނެތީ، އެކަމު އެޗްޑީސީން ބުނަނީ ތިމަންނަމެންނަކާ އެކަހަލަ ކޮމިއުނިކޭޝަނެއް ނުދޭ އަދިއެއް.
މައުލޫމާތު ދިން ފަރާތެއް![]()
ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަމުން އެޗްޑީސީގެ މީޑިއާ ބޭފުޅަކު ވިދާޅުވީ، މުޅި ސެންޓްރަލް ޕާކު ދޫކޮށްފައިވަނީ ބީސީސީއިން އިވެންޓެއް ކުރިއަށް ގެންދަން ކަމަށާއި މިހާރު އިވެންޓު ނިމިފައިވާތީ ޓެންޓު ނެގުމުގެ ކަންތަކާ ބީސީސީއާއި ކޮމިއުނިކޭޓް ކުރަމުން ދާކަމަށެވެ. އެޗްޑީސީގެ ބިމެއްގައި ޓޭންޓު ހުރި ނަމަވެސް އެ ބިން ދޫކޮށްފައިވަނީ ބީސީސީ އަށް ކަމަށްވާތީ އެކަން ކުރާނީ ބީސީސީން ކަމަށާއި ޓެންޓު ނެގުމަށް ބީސީސީއަށް އަންގާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް އިވެންޓުގެ ޓެންޓު ހުރި ތަނުގައި ކައިރި މުސަތަގްބަލެއްގައި އެޗްޑީސީގެ އިވެންޓެއް އޮތްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އިވެންޓެއް އޮންނަކަމުގެ މައުލޫމަތު ލިބިފަ ނެތް ކަމަށެވެ.
އެގޮތުން ބީސީސީން ބުނީ ސެންޓްރަލް ޕާކުގައި ނުނަގާ ހުރީ އޮފިޝަލް އިވެންޓުގެ ޓޭންޓެއް ކަމަށާއި އިވެންޓު ނިމުނު މުއްދަތުން ފެސިގެން 2 ހަފްތާގެ ތެރޭގައި ޓެންޓު ނެގުމަށް އޮފިޝަލްސް އަށް އަންގާފައިވާނެ ކަމަށެވެ. އަދި އިވެންޓު ބާއްވަން އެ ބިން ނެގި މުއްދަތު ފަހަނަ އަޅާ ހިނގައްޖެ ކަމަށާއި އެތާހުރި ތަކެތި ނެގުމަށް އެކަން ކުރި ފަރާތްތަކަށް ވެސް އަންގާފައިވާނެ ކަމަށް ބީސީސީން ބުނެ އެވެ.
އަދި އޮފިޝަލްސް އިން އެ ޓޭންޓު ނަގަންޖެހޭނެ ކަމަށާއި އެޓެންޓު ނުނަގާ ހުރުމުން އެޗްޑީސީއަށް ވާ ގެއްލުމެއްގެ ބަދަލު ދޭންޖެހޭނީވެސް އެފަރާތުން ކަމަށް ބީސީސީން ބުންޏެވެ.
ބީސީސީގެ ޒިންމާއަކީ އެ ނަގާށޭ ބުނުން ދެން އެމީހުން އެ ނުނަގާ އެހުރި މުއްދަތައް ބީސީސީ ފައިން އެއް އަރުވާނެ، އެ ޓެންޓު ޖެހި ޕޭމެންޓް ވެސް އިންނާނެ އެހެންވީމަ އެ ޕޭމެންޓުންވިޔަސް އެ ލިބޭ ގެއްލުމަށް ކަނޑާނަން،
ބީސީސީ![]()
އޮފިޝަލްސް އިން އެޗްޑީސީ އާއެކު ހެދިފައިވާ ހައްސަ އެރޭންޖުމެންޓެއްގެ ދަށުން ކަމަށްބުނެ އެޓެންޓު ނުނަގާ ހުރި ނަމަވެސް އެޗްޑީސީން ބުނަނީ އޮފިޝަލްސްއާއެކު އެކަހަލަ އެރޭންޖުމެންޓެއް ހެދިފަ ނުވާކަމަށެވެ. ބީސީސީން ފާހަގަކުރި ގޮތުގައި އެހެންވުމުގެ ސަބަބުން އެކަމުގައި ވާނުވާ ނޭނގެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެންޓު ނުނަގާ ބަހައްޓާފައި ހުރީ އެޗްޑީސީން އިވެންޓަކަށް ބޭނުންވާތީ އެވެ. އެހެން ނަމަވެސް އެޗްޑީސީގެ މީޑިއާ އަކަށް އިވެންޓެއް އޮންނަ ކަމެއް އަދި ޕްލެން ކޮށްފައިވާކަމެއްވެސް ނޭންގެ އެވެ.
ޓެންޓު މައްސަލަ ފެންމަތިވީ ފަހުން ޓޫރިޒަމް މިނިސްޓްރީން އެ ވަރުގެ ޓެންޓެއް ހޯދަން ކުރި އިއުލާނަކާއި އެޗްޑީސީ އަށް ޓެންޓެއް ގަންނަން ކުރި އިއުލާނަކާ ގުޅިގެން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.