ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 14:45
މެކްރޮން، ޒެލެންސްކީ އަދި ސްޓާމަރ ހޮނިހިރު ދުވަހު ފޯނުން ވާހަކަ ދެއްކި
މެކްރޮން، ޒެލެންސްކީ އަދި ސްޓާމަރ ހޮނިހިރު ދުވަހު ފޯނުން ވާހަކަ ދެއްކި
އީޕީއޭ
ރަޝިޔާ-ޔޫކްރެއިން
ޔޫކްރެއިންގެ ބައިވެރިވުމެއް ނެތި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ޔޫރަޕް ގައުމުތައް ބުނެފި
ރަޝިޔާ-އެމެރިކާ ގެ ވެރިންގެ ސަމިޓް ހަމަޖެހިފައިވާއިރު، ޔޫކްރެއިންގެ ރައީސް ވިދާޅުވެފައިވަނީ ކީވްގެ ބައިވެރިވުމެއް ނެތި ވެވޭ އެއްވެސް އެއްބަސްވުމަކީ މަރުވެފައިވާ ނިންމުންތަކެއް ކަމަށް.

ރަޝިޔާ އާ އެކު ސުލްހައިގެ ވާހަކަތައް ބާއްވަން ޖެހޭނީ ޔޫކްރެއިން ގެ ބައިވެރިވުމާއެކު ގައި ކަމަށް ޔޫރަޕް ގެ ގައުމު ތަކުން ބުނެފި އެވެ.ޔޫރަޕް ގެ ޔޫކްރެއިންގެ އެކުވެރި ގައުމުތަކުން ވަނީ ރަޝިޔާ އާއެކު ވެވޭ އެއްވެސް ސުލްހައެއްގައި ޔޫކްރެއިން ހިމެނެންވާނެ ކަމަށް ބާރުއަޅައި، ޔޫކްރެއިން އަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަން ފާޅު ކޮށްފައެވެ.

މިކަން ހާމަ ކުރީ އެ ގައުމުތަކުން ނެރުނު ބަޔާނެއް ގައެވެ.އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ، ޖަރުމަނު، ޕޮލެންޑް، ފިންލެންޑް އަދި ޔޫރަޕިއަން ކޮމިޝަންގެ ލީޑަރުން މި ބަޔާން ނެރުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެލާސްކާގައި ބައްދަލު ކުރެއްވުމަށް ތާވަލު ކޮށްފައި ވަނިކޮށް ނެވެ.ވައިޓް ހައުސްގެ އިސް އޮފިޝަލަކު ކުރިން ހާމަ ކުރި ގޮތުގައި ޓްރަމްޕް ވަނީ ޔޫކްރެއިން ގެ ރައީސް ވުލޮޑިމައަރ ޒެލެންސްކީ ހިމެނޭ ތިން ފަރާތުގެ ބައްދަލުވުމަކަށް ތައްޔާރަށް ހުންނެވި ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު ރޭވިފައި ވަނީ ރަޝިޔާގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ޓްރަމްޕް-ޕުޓިން ސަމިޓެއް ބޭއްވުމަށް ކަމަށް އޭނާ ހާމަ ކޮށްފައި ވެއެވެ.ޒެލެންސްކީ ވިދާޅުވެފައި ވަނީ ކީވްގެ ބައިވެރިވުމެއް ނެތި އެއްވެސް އެއްބަސްވުމެއް ވެވޭނަމަ އެއީ އުފެދުމުގެ ކުރިން "މަރުވެފައިވާ ނިންމުންތަކެއް" ކަމަށެވެ.ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގައި "ރަޝިޔާ އިން ފަށަން" ގަސްދުކުރައްވާ ކަމަށެވެ. ނަމަވެސް އޭނާ އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވަނީ ޕުޓިން އަދި ޒެލެންސްކީ ހިމެނޭ ތިން ފަރާތުގެ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށެވެ.ޕުޓިން މިފަދަ ބައްދަލުވުމަކަށް އެއްބަސް ވެވަޑައިގަންނަވާނެ ކަން އަދި ސާފެއް ނޫނެވެ. ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޔޫކްރެއިން ގެ ހަނގުރާމަ ފެށުނީއް ސުރެ، އޭނާ ވަނީ ސީދާ މަޝްވަރާތަކަށް ދެވުނު އެތައް ފުރުސަތެއް ދޫކޮށްލައްވާފަ އެވެ.

ރަޝިޔާ އިން 1867 ގައި އެމެރިކާ އަށް ވިއްކާލި ސަރަޙައްދެއް ކަމަށް ވާ އެލާސްކާގައި ބޭއްވޭ ސަމިޓަކީ، ، ޖޫން 2021 ގައި ޖޯ ބައިޑަން ޕުޓިން އާ ޖެނީވާގައި ބައްދަލުކުރެއްވި ފަހުން، މަޤާމުގައި ތިއްބެވި އެމެރިކާގެ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރު އެވެ.

ބައިޑްން-ޕުޓިން ބައްދަލުވިތާ 9 މަސް ފަހުން، މޮސްކޯ އިން ޔުކްރެއިނަށް ސިފައިން ފޮނުވިއެވެ.

2022 ގައި، ކްރެމްލިން އިން އިޢުލާނު ކުރީ ޔުކްރެއިން ގެ 4 ސަރަޙައްދެއް ކަމަށްވާ ޑޮނެޓްސްކް، ލުގާންސްކް، ޒަޕޮރިޒިއާ އަދި ކާސަން - ރަޝިޔާ ގެ ބައެއްގެ ގޮތުގައި ހެދި ކަމަށެވެ. އެހެން ނަމަވެސް ރަޝިޔާ އަކަށް އަދި އެ ސަރަޙައްދުތަކުގެ މައްޗަށް ފުރިހަމަ ބާރު ނުފޯރުވެއެވެ.

މޮސްކޯ އިން ފުޅާ ދާއިރާއެއްގައި ދެމުންދާ ޙަމަލާތަކުގައި މަގްސަދު ހާސިލުވާ ފަދަ ކުރިއެރުމެއް އެ ގައުމަށް ހޯދުމަށް ނުކުޅެދުނު ނަމަވެސް، ޔޫކްރެއިން ގެ އިރުމަތީ ސަރަޙައްދުގެ ބޮޑު ބައެއް ހިފާފައި ވެއެވެ. އަދި ހަމައެހެންމެ، ޔޫކްރެއިނުން ދޭ ދިފާޢީ ޙަމަލާތުން ރަޝިޔާ ގެ ބާރުތައް އަނބުރާ ފޮނުވާލުމަށް ޔޫކްރެއިން އަށް ނުކުޅެދިފައި ވެއެވެ.

- ކޮމެންޓް