ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 13:06
ސެއިންޓްއައިވްސްގެ ޕްރޮޑަކްޓްތައް ބަލާލަން އަންހެން ކުއްޖަކު ހުއްޓިގެން އިން މަންޒަރު ފެންނަ ފޮޓޯ އެއް
ސެއިންޓްއައިވްސްގެ ޕްރޮޑަކްޓްތައް ބަލާލަން އަންހެން ކުއްޖަކު ހުއްޓިގެން އިން މަންޒަރު ފެންނަ ފޮޓޯ އެއް
އަރާބީ
އަރާބީ
އަރާބީގެ ފަރާތުން މިފަހަރު ގެނެސްދެނީ "ސެއިންޓްއައިވްސް" : ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ!
އަރާބީން ދިވެހި ބާޒާރަށް ތައާރަފުކުރި ޔުނިލެވަރގެ މަޝްހޫރު ބްރޭންޑް "ސެއިންޓްއައިވްސް" އާއެކު ރާއްޖޭގެ ކޮސްމެޓިކްސް މާކެޓަށް އާ ރޮނގެއް ވަނީ އިތުރުވެފައެވެ. މި ބްރޭންޑްގެ އުފެއްދުންތައް ކަސްޓަމަރުންނަށް ކަމުދާނެކަމުގެ ޔަގީންކަން އަރާބީގެ މެނޭޖިންގ ޑިރެކްޓަރު ވަނީ ދެއްވާފައެވެ.

އަރާބީގެ ފަރާތުން، ކޮސްމެޓިކްސްގެ މަގްބޫލް ބްރޭންޑެއް ކަމަށްވާ "ސެއިންޓްއައިވްސް" ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ލޯންޗްކޮށްފިއެވެ.

މުޅި ދުނިޔޭގައި ވެސް މަޝްހޫރު އެފްއެމްސީޖީ ކުންފުންޏެއް ކަމަށްވާ ޔުނިލެވަރގެ ބްރޭންޑެއް ކަމަށްވާ "ސެއިންޓްއައިވްސް" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރެފައި ވަނީ ހޮނިހިރު ދުވަހުއެވެ. މި ބްރޭންޑްގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އަރާބީ ޕްރައިވެޓް ލިމިޓެޑްއެވެ.

"ސެއިންޓްއައިވްސް" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

މި ޕްރޮޑަކްޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަރާބީގެ މެނޭޖިން ޑިރެކްޓަރ، އަބްދުލް ރަހީމް އަލީ ވިދާޅުވީ "ސެއިންޓްއައިވްސް" އަކީ އަރާބީން ތައާރަފްކޮށްދޭ ބްރޭންޑްތަކުގެ ތެރެއަށް އިތުރު ކުރި މުހިންމު ބްރޭންޑެއް ކަމަށެވެ. އަދި މި ބްރޭންޑް ވެސް ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

އަރާބީން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށް. އިތުބާރާއި ޔަޤީންކަމާއި އެކު ކޮލިޓީ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އަރާބީން މުހިންމު ދައުރެއް އަދާކުރޭ.

އަރާބީގެ މެނޭޖިން ޑިރެކްޓަރ، އަބްދުލް ރަހީމް އަލީ
"ސެއިންޓްއައިވްސް" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން، ބައެއް އަންހެން ކުދިން ޕްރޮޑަކްޓް ބޭގްސް އާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން

"ސެއިންޓްއައިވްސް"ގެ އުފެއްދުންތައް މިހާރު ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް ލިބެން ހުންނާނެ ކަމަށް އަރާބީގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަރާބީ އާއި ޔުނިލެވަރ ގުޅިގެން ރާއްޖެ އަށް ތައާރަފް ކުރި މި ބްރޭންޑަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

ސޭލްސްގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޓީމަކާއި އެކު އަރާބީ އިން ވަނީ މާކެޓްގައި ގާތް ގުޅުމެއް ޤާއިމްކޮށްފައެވެ. އަދި އަރާބީގެ ފުރިހަމަ ޓްރެކް ރެކޯޑް ވެގެން ދަނީ ކަސްޓަމަރުންގެ އިތުބާރު އަރާބީ އަށް ލިބުމުގެ މައިގަނޑު ސަބަބަށް ކަން ފާހަގަކޮށްލެވެއެވެ. އަރާބީގެ ވެބްސައިޓް https://www.araabyeshop.com/ މެދުވެރިކޮށް ރީޓެއިލް އޯޑަރތަކަށް ޑެލިވަރކުރުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެއެވެ. މީގެއިތުރުން، 9500678 އަށް ވަޓްސްއެޕް އަދި ވައިބަރ މެދުވެރިކޮށް މުއާމަލާތުކޮށްގެން ހޯލްސޭލް އަދި ރީޓެއިލް ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އަރާބީން ފާހަގަކުރެއެވެ.

"""ސެއިންޓްއައިވްސް"ގެ ޕްރޮޑަކްޓްތައް

އަރާބީން ލިބެން ހުންނާނެ "ސެއިންޓްއައިވްސް" ގެ އުފެއްދުންތަކުގެ ތެރޭގައި ފޭސް ވޮޝް، ފޭސް ޓޯނާ، ފޭސް ސްކްރަބްސް، މައިސެލަރ ވޯޓަރ، ބޮޑީވޮޝް އަދި މޮއިސްޗުރައިޒަރ ހިމެނެއެވެ. 2007 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ އަރާބީ އަކީ ދިވެހިން ބޭނުންވާ ފަދަ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންދާ، ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

"ސެއިންޓްއައިވްސް"ގެ ޕްރޮޑަކްޓްތައް

އެގޮތުން ނިވިއާ، ބޮން އެރޯމާ ކޮފީ، ފިލިޕޯ ބެއިރޯ، އެމްކޯ، ކޮޑޮމޯ، އެސެންސް، ކެޕިލާނޯ، މިސްޓަރ މަސްލް، ހެއިންޒް ފަރލީސް ރަސްކްސް ، ބޭގޮން މެކްސް ފަދަ އުފެއްދުންތައް އަރާބީން ވަނީ ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ. އަރާބީ އަކީ ފުޅާ ދާއިރާއެއްގައި އެފްއެންޑްބީ، ކޮސްމެޓިކްސް، ޓޮއިލެޓަރީސް އަދި ފެބްރިކް ކެއަރގެ އުފެެއްދުންތައް އާއްމުންނާއި ހަމައަށް އިތުބާރާއި ޔަޤީންކަމާއި އެކު ފޯރުކޮށްދޭ ފަރާތެކެވެ.

- ކޮމެންޓް