Advertisement
ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 10:37
ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ލޭ އެޅުމުގެ ޚިދުމަތް ދެނީ
ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ލޭ އެޅުމުގެ ޚިދުމަތް ދެނީ
ސޯޝަލް މީޑިއާ
ތެލަސީމިއާ ސެންޓަރު
ކަރަންޓު ބެކްއަޕް ނެތުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުން މެދުކަނޑިއްޖެ
ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުނީ 09:30ހާއިރު
ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުރެވުނު
ކަރަންޓުގެ ބެކަޕް ސިސްޓަމެއް ނެތުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި

މާލެ ސަރަހައްދުގެ ބޮޑުބަޔަކުން ކަރަންޓު ކެނޑުނު އިރު، ތެލެސީމިއާ ސެންޓަރގައި ކަރަންޓުގެ ބެކްއަޕް އެއް ހަމަޖައްސާފަ ނެތުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުން މެދުކެނޑިއްޖެއެވެ.

ކަރަންޓު ނުދެވި ގިނަ އިރުވާނަމަ ރައްކާކުރެވިފައިވާ ލޭ ހަލާކުވާނެކަން ފާހަގަކޮށްލެވެއެވެ.

ހޮނިހިރު ދުވަހު ސްޓެލްކޯ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރުމަށް ހަމަޖެހިފައިވާތީ 10:00 އިން 10:30 އާއި ދެމެދު ގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 9:30 ހާއިރު މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

މީގެ ކުރިން ތެލެސީމިއާ ސެންޓަރގެ ޚިދުމަތްތައް ދެމުން އައީ މާލޭގައެވެ. އަދު މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ޖެހޭ މައްސަލަ ބޮޑުވެ އާއްމުން އިހުތިޖާޖުރުމުން އެ ޚިދުމަތް ހުޅުމާލެ ބަދަލުކޮށްފައިވެއެވެ.

އެގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވީ މޭއި 26ގައެވެ. ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ ޚިދުމަތްތައް ފުރިހަމަކާނެކަމުގެ ވައުދާއި އެކުގައެވެ. އެހެންނަމަވެސް އެތަނުގައި ހޮނިހިރު ދުވަހު ލޭ އަޅަން ބައެއް މީހުން ތިއްބާ، ކަރަންޓު ގޮސްގެން ލޭ އެޅުން ވަނީ މެދުކެނޑިފައެވެ. ޒަމާނީ ފެންވަރަަށް ތަރައްޤީ ކޮށްފައިވާ ތަނެއްގައި މިފަދަ ބެކަޕް ސިސްޓަމެއް ނެތުމުން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީސްމީޑިއާގައި މި މައްސަލަ ތިލަވެ އާއްމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ތެލެސީމިއާ ސެންޓަރަަށް ކަރަންޓު ވަނީ ދީފައެވެ.

ނަމަވެސް ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުނުކަން ބައެއް އާއްމުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފައެވެ. މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ ސަބަބުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުމުގެ ޚިދުމަތް މެދުކެނޑުނީ 09:30ހާއިރެވެ. 10:20 ހާއިރު އެތަނަށް ކަރަންޓު ދީފައިވެއެވެ.

- ކޮމެންޓް