Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 19:38
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް
ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް
އަވަސް
މުހައްމަދު ޝަކީލު
އެމްޑީ ޝަކީލް ހިމެނޭހެން ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ވިޔަފާރި ކުންފުންޏެއް - އާއްމުންގެ ފާޑުކިޔުންތައް އިންތިހާ!
އާއްމުން ވަނީ މި މައްސަލައިގައި ޝަކީލް އާއި ހައްޖު ކޯޕަރޭޝަންގެ އެހެން ވެރިންނަށް ފާޑުކިޔުން އަމާޒުކޮށްފަ
ހައްޖު ކޯޕަރޭޝަން ފަދަ ތަނެއްގެ އިސް މަޤާމުތަކުގައި ތިބެގެން އެކުގައި މިގޮތަށް ވިޔަފާރިކުރުމަކީ އެތިކަލް ކަމެއް ކަމަށް ގިނަ އާއްމުން ޤަބޫލެއް ނުކުރޭ
ބުރާސްފަތި ދުވަހު މި ކުންފުންޏާއި ގުޅުން ހުރި ލިޔުންތައް މީސްމީޑިއާ އާއި މީޑިއާގައި ވަނީ ދައުރުވެފަ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ހިމެނޭހެން އެ ކޯޕަރޭޝަންގެ މެނޭޖްމަންޓް ޓީމުގެ އިތުރު ބަޔަކު ގުޅިގެން ވިޔަފާރި އެއް ހިންގާކަން ހާމަވެ، އާއްމުންގެ ފާޑުކިޔުން އެކަމަށް އަމާޒުވާން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އެކަމާއި ގުޅުން ހުރި ލިޔުންތައް މީސްމީޑިއާ އާއި މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ލިޔުންތަކުން އެނގޭ ގޮތުން އެ ކުންފުނީގެ ތިން މީހަކު ގުޅިގެން ވިޔަފާރި ކުންފުންޏެއް ވަނީ އުފައްދާފައެވެ. އެ ކުންފުނީގެ ނަމަކީ ޝައިން ބްރައިޓް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުންޏަކީ ނިމިދިޔަ އަަހަރުގެ އޮކްޓޯބަރ މަހު ރެޖިސްޓަރކޮށްފައިވާ ކުންފުންޏެކެވެ.

އެހެންކަމުން ކުންފުނި އުފެއްދި އިރު މި ކުންފުނީގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އާއި ޑީއެމްޑީ މުހައްމަދު ޝިހާބާއި، ސީއީއޯ ނަޖީލް މުހައްމަދު އާއި ލީގަލް ހެޑް ރިއްފަތު އަބްދުﷲއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ފޯނަށް ޖަވާބުދެއްވާފަ އެއް ނުވެއެއެވެ. އަދި އެކަމާއި މެދު ރާއްޖެޓީވީން މެސެޖުން ކުރި ސުވާލުތަކަށް ވެސް ޝަކީލް ޖަވާބުދެއްވާފަ އެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޝަކީލް ވަނީ އެ ކުންފުންޏަކީ އޭނާގެ ދުވަސްވީ ރަހުމަތްތެރިންތަކަކާ އެކު ހިންގާ ވިޔަފާރިއެއް ކަމަށް ވިދާޅުވެފައެވެ. އެއީ ހައްގު ނުވަތަ ފަތުރުވެރިކަމާއި ގުޅޭ ވިޔަފާރި ކުރާ ތަނެއް ނޫން ކަމަށާއި އެއީ އާއްމު ވިޔަފާރި ކުންފުންޏެއް ކަމަށް އޭނާގެ ދިފާއުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް އާއްމުން ވަނީ މި މައްސަލައިގައި އޭނާ އާއި ހައްޖު ކޯޕަރޭޝަންގެ އެހެން ވެރިންނަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. ހައްޖު ކޯޕަރޭޝަން ފަދަ ތަނެއްގެ އިސް މަޤާމުތަކުގައި ތިބެގެން އެކުގައި މިގޮތަށް ވިޔަފާރިކުރުމަކީ އެތިކަލް ކަމެއް ކަމަށް ގިނަ އާއްމުން ޤަބޫލެއް ނުކުރެއެވެ.

- ކޮމެންޓް