Advertisement
ކ. މާލެ
|
3 އޯގަސްޓް 2025 | އާދީއްތަ 19:55
ވިޔަފާރި ދައްވުމުގެ ސަބަބުން މާރުކޭޓް ގޮޅިއެއްގައި ވިޔަފާރިކުރާ މީހަކު ހިތްހަމަނުޖެހުމާއެކު އެވާހަކަތައް ހިއްސާކުރަނީ
ވިޔަފާރި ދައްވުމުގެ ސަބަބުން މާރުކޭޓް ގޮޅިއެއްގައި ވިޔަފާރިކުރާ މީހަކު ހިތްހަމަނުޖެހުމާއެކު އެވާހަކަތައް ހިއްސާކުރަނީ
ރާއްޖެއެމްވީ
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!
މާލޭ މާރުކޭޓް ސަރަހައްދުގެ ކުދި ވިޔަފާރިވެރިންނަށް މިހާރު ލިބެނީ ކުރިން ލިބުނު އެއްޗެއްގެ ދެބައިކުޅަ އެއްބައި
ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ ގޮޅިތައް އެބަހުރި

މާލޭގެ މާރުކޭޓް ސަރަހައްދުގައި ވިޔަފާރިކުރަމުންދާ ކުދި ވިޔަފާރިވެރިން ބަނގުރޫޓްވާން ފަށާފައިވާ ކަމަށާއި، ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެ ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ބައެއް ދުވަސްދުވަހު ނުލިބޭ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ހާލުކިހިނެއް ޕްރޮގްރާމުން ބާޒާރުމަތީގައި ވިޔަފާރިވެރިންގެ ހާލަތު ހުރިގޮތް ބެލުމުން ފާހަގަވެގެން ދިޔައީ ފަގީރު އަދި ސާމާނުތައް މަދު ހުސް ގޮޅިތަކެވެ. ގިނަ ތަންތަނުގައި ވިޔަފާރިކުރަން މީހަކު މަޑުކޮށްލައިގެންވެސް ނެތެވެ. މީގެ ތެރެއިން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ މިހާރު ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ ދުވަސްތައް ގިނަ ކަމަށެވެ. އޭނާ ބުނީ މީހުންގެ އަތުގައި ލާރިއެއް ނެތް ކަމަށާއި، ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑު ކަމަށެވެ. އެންމެ ކުޑަމިނުން އާފަލެއްވެސް ލިބެނީ 10 ރުފިޔާއަށް ކަމަށެވެ. އޭނާ ބުނީ ކުރިން މިހެން ނުވާ ކަމަށާއި، މިވަރުން ވިޔަފާރިކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ރާއްޖެޓީވީއާއި ވާހަކަ ދެއްކި އެހެން ވިޔަފާރި ވެރިއަކު ބުނީ ހާލު ރަނގަޅުކަމަށް ކިޔައިގެން އުޅޭ ހިސާބަށް ކަންކަން ގޮސްފި ކަމަށާއި، އެހެން ކިޔައިގެން ނޫނީ މި ގައުމުގައި އުޅެވެން ނެތް ކަމަށެވެ.

ހުރިހާ ކަމެއް ގޯސް. ވިޔަފާރިވެސް ގޯސް. ގޯސް ނޫން ކަމެއް ނެތް. މިހާރު ދެން ކޯއްޗެއް ލިބޭނީ. ކުރިން ލިބޭ އެއްޗެއްގެ ހަތަރުބައިކުޅަ އެއްބައިވެސް ނުލިބޭ މިހާރު. ދަށީ، ތަކެތީގެ އަގުތައް އަރަނީ މައްޗަށް. ކޮންމެ ދުވަހަކުވެސް 10 ރުފިޔާ 5 ރުފިޔާ ބޮޑުނުވާ އެއްވެސް އައިޓަމެއް ވިއްކާކަށް އަޅުގަނޑުމެންނަށް ނުލިބޭ.

ވިޔަފާރިވެރިއެއް

ވާހަކަ ދެއްކި އެހެން ވިޔަފާރި ވެރިއަކު ބުނީ ފައިސާ ދައުރު ނުވާ ކަމަށެވެ. މީހުންގެ އަތުގައި ފައިސާ ނެތް ކަމަށާއި، ހަރަދު ކުރާނެ އިތުރު އެއްޗެއް ނުލިބޭ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ލިބެ އެއްޗެއް ދެބައިކުޅަށް އެއްބަޔަށްވުރެ ދަށަށް ވެއްޓިއްޖެ ކަމަށާއި، މާރުކޭޓް ގޮޅިއަކަށް ދުވާލެއްގެ މައްޗަށް 3000 ރުފިޔާ ކުރިން ލިބޭނަމަ މިހާރު ލިބޭނީ 1500 ވަރަކަށް ރުފިޔާ ކަމަށެވެ.

ބައެއް ވިޔަފާރިވެރިން ބުނީ ދުވަސްތައް ނިމޭއިރު މާރުކޭޓް ގޮޅީގައި ވިއްކަން ހުންނަ އެއްޗެހި ނުވިކި 150 ރުފިޔާ ލިބޭ ދުވަސްވެސްދާ ކަމަށެވެ. އަދި ތަކެތި ނުވިކި އަގުހެޔޮކުރިނަމަވެސް އުކާލަންޖެހޭ ބައިވެސް ގިނަކަމަށް ވިޔަފާރިވެރިން ފާހަގަކުރިއެެވެ.

- ކޮމެންޓް