ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 21:54
އުރީދޫ މޯލްޑިވްސް ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން.. 20 އަހަރުގެ ޚިދުމަތް އެ ކުންފުނިން ދިވެހިރާއްޖެ އަށް ވަނީ ދީފައި
އުރީދޫ މޯލްޑިވްސް ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން.. 20 އަހަރުގެ ޚިދުމަތް އެ ކުންފުނިން ދިވެހިރާއްޖެ އަށް ވަނީ ދީފައި
އުރީދޫ
އުރީދޫ މޯލްޑިވްސް
އަހަރުގެ ދެވަނަ ކުއާޓަރު ގައި އުރީދޫ އަށް 167.9 މިލިއަން ރުފިޔާގެ ފައިދާ
އޫރީދޫ މޯލްޑިވްސްއަށް 167.9 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ އިރު ކުންފުނިން ގެންދަނީ އައު ޚިދުމަތްތައް ތަޢާރަފްކޮށް، ބައިނަލްއަޤްވާމީ އެވޯޑުތައް ހޯދުމުންނެވެ.

އޫރީދޫ މޯލްޑިވްސް އަށް 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު ގައި 167.9 މިލިއަން ރުފިޔާގެ ސާފު ފައިދާ އެއް ލިބިއްޖެ އެވެ.

އެެހެން ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ޖުމްލަ އާމްދަނީ ވަނީ ތަންކޮޅެއް ދަށަށް ގޮސްފައެވެ.

މި ކުއާޓަރުގައި ކުންފުނިން ރިޕޯޓުކޮށްފައިވާ އާމްދަނީ އަކީ 539.5 މިލިއަން ރުފިޔާއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 1.3 އިންސައްތަ ދަށްވުމެކެވެ. އަދި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 0.2 އިންސައްތައިގެ ދަށްވުމެކެވެ.

ޖޫން މަހުގެ ނިޔަލަށް ކުންފުނީގެ ފައިސާގެ ރިޒާވް 1.68 ބިލިއަން ރުފިޔާއަށް އިތުރުވެފައި ވެއެވެ. މިއީ ތިން މަސްކުރިން ހުރި 1.52 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެއްކަން ފާހަގަ ކުރެވެއެވެ.

މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު އާމްދަނީ އަކީ 1.15 ރުފިޔާއެވެ.

އައު ޚިދުމަތްތައް ތައާރުފް ކުރުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ މި ކުންފުންޏަކީ ބްރޭންޑް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. އެ ގޮތުން ދެވަނަ ކުއާޓަރުގައި އެޕަލް އަދި ސެމްސަންގް ވެއަރަބަލް ތަކަށް އީސިމް ގެ ޚިދުމަތް އުރީދޫން ވަނީ ތަޢާރަފު ކޮށްފައެވެ. މިއާއެކު އޫރީދޫ ވެގެން ދިޔައީ ރާއްޖޭގައި ސްމާޓްވޮޗްތަކަށް މުޅިން އަމިއްލަ ކަނެކްޓިވިޓީ ފޯރުކޮށްދޭ ފުރަތަމަ ސާވިސް ޕްރޮވައިޑަރަށެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް އޫރީދޫ މޯލްޑިވްސް އަށް ލިބެމުންދާ ކާމިޔާބުތައް ފާހަގަ ކުރެވެއެވެ. އެ ގޮތުން ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް ގައި ވިދިވިދިގެން ދެވަނަ އަހަރު "ޓެލްކޯ އޮފް ދަ އިޔަރ - ސްމޯލް މާކެޓްސް" ގެ މަޤާމު އުރީދޫ އިން ވަނީ ހޯދާފައެވެ. އަދި ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސް ރިވިއު އިން "ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް 2025" އެވޯޑު ލިބިފައިވެއެވެ.

- ކޮމެންޓް