Advertisement
ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 11:53
"ޓައިޑެކްސް" ނަމަކަށް ކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ނ. މަނަދޫ އަށް އެމްއެންޑީއެފް ގެ އެހީގައި ގެންދަނީ - 2 ޖުލައި 2025
"ޓައިޑެކްސް" ނަމަކަށް ކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ނ. މަނަދޫ އަށް އެމްއެންޑީއެފް ގެ އެހީގައި ގެންދަނީ - 2 ޖުލައި 2025
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
އާގު ބޯޓަކުން ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ދީފި
އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އެ މީހާ ނ. މަނަދޫއަށް ގެންގޮސްދިން

"ޓައިޑެކްސް" ނަމަކަށް ކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ދީފިއެވެ.

ހޮނިހިރު ދުވަހު އެމްއެންޑީއެފް އިން ބުނީ ޞިއްޙީ އަވަސް ފަރުވާ އަށް، ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު އެ މީހާ ނ. މަނަދޫ އަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ނ.އަތޮޅު ދިގުފަރު ކައިރިން ދަތުރު ކުރަމުން ދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ޞިއްހީ ހާލަތު ގޯސްވިކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ ހޮނިހިރު ވިލޭރޭ ފަތިހު 04:45 ހާއިރުއެވެ.

މިކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ބަލްކް ކެރިއަރ އޮތް ސަރަހައްދަށް ދަތުރުކޮށް، ބަލި މީހާ، ސީ އެމްބިއުލާންސް އަށް ވަނީ ނަގާފައެވެ.

ދިވެހި ރައްޔިތެއް ކަމުގައިވާ އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ ނ. މަނަދޫ އަށް ގެންގޮސްދީފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 09:00 ހާއިރުއެވެ.

- ކޮމެންޓް