Advertisement
ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 12:56
ހަރުގެ އަށް ގެއްލުން ދިން މ. ސްޓާ، މުހައްމަދު ރަޒީން
ހަރުގެ އަށް ގެއްލުން ދިން މ. ސްޓާ، މުހައްމަދު ރަޒީން
ޕޮލިސް
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިނުން
އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރަޒީން އަކީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް
ފުލުހުން ބުނީ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ކަމަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ މައި ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި އެވެ.

އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެމްޑީޕީ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން އެނގޭ ގޮތުގައި އެމްޑީޕީ ހަރުގެ އަށް ގެއްލުން ދިން މީހާ ވަނީ އެމްޑީޕީ ހަރުގޭގައި ހުރި ދަގަނޑު ދޮރު ހަލާކުކޮށްލާފައެވެ. ނަމަވެސް ހަރުގެ ތެރޭގައި ހުރި ތަކެއްޗަށް އޭނާ އަށް ގެއްލުން ދެވިފަ އެއް ނުވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރަޒީން އަކީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީގެކެވެ. އޭނާ އަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުވެސްކޮށްފައިވާ މީހެކެވެ.

- ކޮމެންޓް