Advertisement
ކ. މާލެ
|
2 އޯގަސްޓް 2025 | ހޮނިހިރު 09:38
ތ. ތިމަަރަފުށި / މަލަސް މަސީހު މުސާ (25އ)
ތ. ތިމަަރަފުށި / މަލަސް މަސީހު މުސާ (25އ)
ޕޮލިސް
ރައީސް މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް
މިއީ ރައީސް މުއިއްޒު އަށް މަރުގެ އިންޒާރު ދިނުމުގެ މައްސަލަ އެއް ބަލާ ދެވަނަ ފަހަރު
މީގެ ކުރިން ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ މަނިކުފާނަށް މަރުގެ އިންޒާރު ދިން މައްސަލަ އެއް ބަލާފައިވޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މަރުގެ އިންޒާރާއި ގުޅިގެން ހައްޔަރުކުރީ ތ. ތިމަަރަފުށި / މަލަސް މަސީހު މުސާ (25އ) އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ އެއް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން، މަސީހު މޫސާ ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މަސީހު ހައްޔަރުކުރީ އޭނާ ފޭސްބުކްގައިކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އޭނާ ކުރި ޕޯސްޓަކީ 'ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަނީ' މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޝެއަރ ކޮށް ލިޔެފައިވާ އިބާރާތަކާއި ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ 'އެންމެ ފުރަތަމަ މި ރު... މަރާލަންޖެހޭ' އެވެ. އޭނާ އެހެން ބުނެފައިވަނީ ރައީސް މުއިއްޒު ފެންނަން އިން ފޮޓޯއެއް ޖަހާފައިވާ ހަބަރު ޝެއަރ ކުރުމަށްފަހުއެވެ.

މަސީހު ހައްޔަރުކޮށްފައިވަނީ އޭނާ ޕޯސްޓު ޖެހިތާ 12 ގަޑި އިރު ނުވަނީސް ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ މައްސަލަ ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ މީހާ ކުރި ޕޯސްޓު އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

މިއީ ރައީސް މުއިއްޒު އަށް މަރުގެ އިންޒާރު ދިނުމުގެ މައްސަލަ އެއް ބަލާ ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިފަދަ މައްސަލަ އެއްގައި ކުރިން މައްސަލަ ބަލާފައި ވަނީ ގ.ސަންސަންގެއާގެ، އަބްދުﷲ މިޔާދު، 40 އެވެ.

މީގެ ކުރިން ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އެ މަނިކުފާނަށް މަރުގެ އިންޒާރު ދިން މައްސަލަ އެއް ބަލާފައިވެއެވެ. ނަމަވެސް މިއިން އެއްވެސް މައްސަލަ އެއް ސާބިތުވެފައެއް ނުވެއެވެ.

- ކޮމެންޓް