Advertisement
ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 14:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ދަމަނަވެށި އުވާލުން
ދަމަނަވެށި އުވާލާ މައްސަލައިގައި ސިންގަޕޫރުގައި ހުންނަވާފައި އެނބުރި ވަޑައިގެން ރައީސް މުއިއްޒު ކީރިތިކުރައްވަފާނެ - ޔާމީން
ދަމަނަވެށި ބަދަލުކުރުމަކީ ހެލްތް މިނިސްޓަރު އަމިއްލައަށް ކުރައްވާ ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވާނެ

ދަމަނަވެށި އުވާލާ ހޮސްޕިޓަލްތަކުން އެތަނުން ދެމުން އަންނަ ހިދުމަތްތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރާ ހިސާބުން ސިންގަޕޫރުގައި ހުންނަވާފައި އެނބުރިވަޑައިގެން އެއިން އެއްވެސް ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެނގިވަޑައިނުގަންނަވާކަމަށް ހައްދަވާ ކީރިތިކުރައްވަފާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕިއެންއެފް ޖަލްސާފައި ވާހަކަ ދައްކަވަމުން ދަމަނަވެށި ބަދަލުކުރާ ވާހަކައާއި ގުޅިގެން ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ސިންގަޕޫރުގައި ހުންނަވާ އެނބުރި ވަޑައިގެން ރައީސް މުއިއްޒު ކީރިތި ކުރައްވަފާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއިން އެއްވެސް ކަމެއް ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާ ކަމަށް ނުހައްދަވާނެ ކަމަށާއި، ތެލަސީމިއާ ސެންޓަރުގެ ކަންތައްތަކުގައިވެސް ކަން ހިނގާފައި އޮތީ އެގޮތަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދަމަނަވެށި ބަދަލުކުރުމުންވެސް އެކަމަކީ ރައީސް މުއިއްޒުއަށް އެންގެވުމެއް ނެތި ހެލްތް މިނިސްޓަރު ކުރައްވައިގެން އުޅުއްވާ ކަމެއްގެ ގޮތުގައި ވިދާޅުވާނެ ކަމަށެވެ.

މިކަމުގެ ސީރިއަސް ކަމަށް ބައްލަވާލައްވާ. އެތަނުގެ އެންމެ ބޮޑު މަސައްކަތަކަށް އޮތީ ތުއްތު ކުދިންގެ ވެކްސިންތަކާއި، އެކަންކަމާއި ގުޅުން. ހޮސްޕިޓަލަކަށް ނުގެންދާނެ މިކަމުގައި. ދަމަނަވެށީގައި މިއޮތްހާ ދުވަހު މިދިޔައީ މާލެ ހުޅުމާލެ، މި ސަރަހައްދުގެ މީހުން. އަދި ރައްރަށުން އައިސް ތިބޭ މީހުންނަށްވެސް އޮތް ހިދުމަތެއް މިއީ. އެމީހުން އެތަނުން ނަގާފައި ދާން ބޭނުންބަޔަކު ދާން އަދި އަނެއް މީހުން ހޮސްޕިޓަލަކަށް ފޮނުވާން ނިންމީމަ އެކުރަނީ އެންމެ ގޯސްކަންތައް. އަޅުގަނޑަށް އެންމެ އުނދަގޫ ވަނީ ތުއްތުކުދިންގެ އެކިއެކި ވެކްސިންތަކުގައި ހުރިހާ ކުދިން ދާންވީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ނޫނީ އޭޑީކޭއަށްހޭ. އެތަންތަނަކީ ސްޓްރައިލް ތަންތަނެއް ނޫން. ބައްޔަށް ކުދިން އެކްސްޕޯސް ވަނީ އެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެންމެ އިސްކަންދެއްވާ ދާއިރާއަކީ ސިއްހީ ދާއިރާކަމަށް ވިދާޅުވެފައި މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތްކުރުމަކީ އެންމެ އިސްކަންދެއްވާ ދާއިރާކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް އެންމެ އިސްކަންދެއްވަން ބޭނުންވާ ދާއިރާއަކީ ހުރިހާ ދާއިރާއަކަށްވެފައި ރައީސް މުއިއްޒު ކަންތައްކުރައްވަނީ ދިމާ އިދިކޮޅަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ކަމެއް އަލަށް ކުރަން ނޭނގޭނަމަ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ދަމެހެއްޓުން މުހިންމު ކަމަށެވެ. އަދި އެކަންކަން އެއަށްވުރެ ރަނގަޅުކުރުން މުހިންމު ކަމަށާއި، އޭގެ ބަދަލުގައި ޓާޝަރީ ފެންވަރުގައި ކުޑަކުދިން ގެންދަން މިޖެހެނީ އެކި ކަހަލަ ބަލިތައް ހުރިތަންތަނަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

- ކޮމެންޓް