Advertisement
ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 11:49
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ޒުވާނާ
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ޒުވާނާ
ރާއްޖެއެމްވީ
މުއިއްޒުއަށް އިންޒާރު ދިނުން
ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި
މަސީހު ހައްޔަރުކުރީ އޭނާ ފޭސްބުކްގައި ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން ޕޯސްޓަކާ ގުޅިގެން
ފުލުހުން ބުނީ މައްސަލައާ ގުޅިގެން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

މަރުގެ އިންޒާރާއި ގުޅިގެން ހައްޔަރުކުރީ ތ. ތިމަަރަފުށި / މަލަސް މަސީހު މުސާ (25އ) އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން، މަސީހު މޫސާ ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މަސީހު ހައްޔަރުކުރީ އޭނާ ފޭސްބުކްގައިކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އޭނާ ކުރި ޕޯސްޓަކީ 'ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަނީ' މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޝެއަރ ކޮށް ލިޔެފައިވާ އިބާރާތަކާއި ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ 'އެންމެ ފުރަތަމަ މި ރު... މަރާލަންޖެހޭ' އެވެ. އޭނާ އެހެން ބުނެފައިވަނީ ރައީސް މުއިއްޒު ފެންނަން އިން ފޮޓޯއެއް ޖަހާފައިވާ ހަބަރު ޝެއަރ ކުރުމަށްފަހުއެވެ.

މަސީހު ހައްޔަރުކޮށްފައިވަނީ އޭނާ ޕޯސްޓު ޖެހިތާ 12 ގަޑި އިރު ނުވަނީސް ކޯޓު އަމުރެއްގެ ދަށުންނެވެ.

- ކޮމެންޓް