Advertisement
ކ. މާލެ
|
31 ޖުލައި 2025 | ބުރާސްފަތި 09:43
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު, ޖޫން މަހު ސިންގަޕޫރަށް ފުރާ ވަޑައިގެންނެވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު, ޖޫން މަހު ސިންގަޕޫރަށް ފުރާ ވަޑައިގެންނެވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް މުޢިއްޒު ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އަނެއްކާ ވެސް ސިންގަޕޫރަށް ވަޑައިގެންފި
ޖޫން މަހުގެ ތެރޭގައި ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ ވަނީ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައި
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، އެންމެ ފުރަތަމަ ރައީސް މުޢިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް މުޢިއްޒު ސިންގަޕޫރަށް ފުރާ ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭ އެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައި ނުވެ އެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުޢިއްޒުގެ ކުރިން، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން ބުދަ ދުވަހުގެ ރޭ ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އެނބުރި ލަންކާ އަށް ފުރާ ވަޑައިގެންނެވުމުންނެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ ވަނީ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ޖޫން މަހުގެ 29 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އެނބުރި ރާއްޖެ ވަޑައިގެންނެވީ ޖުލައި މަހުގެ ދެ ވަނަ ދުވަހު އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ރައީސް މުޢިއްޒު ވަނީ ރާއްޖެ އިން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ރަސްމީ ދަތުރުފުޅުތަކާއި، ނުރަސްމީ ދަތުރުފުޅުތައް ހިމެނެ އެވެ.

އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، އެންމެ ފުރަތަމަ ރައީސް މުޢިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

- ކޮމެންޓް