Advertisement
ކ. މާލެ
|
30 ޖުލައި 2025 | ބުދަ 10:19
ލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އާޒިމް ވާހަކަ ދައްކަވަނީ
ލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އާޒިމް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މޭޔަރުގެ އިލްތިމާސެއް: ޓިޝޫއެއްގެ މިންވަރު ވެސް މާލޭގެ މަގުމައްޗަށް ވައްޓާ ނުލާތި
މާލޭގެ މަގުތަކަށް އެއްވެސް ވައްތަރެއްގެ ކުންޏެއް ނޭޅުމަށް އިލްތިމާސްކުރަން
ކުނި އެޅުމުގެ ސަބަބުން މާލޭގެ މަގުތަކާއި ފަޅުތެރެއާއި ފަރުތައް ދަނީ ހަލާކުވަމުން
މާލެ ސާފުކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ފަތިހުން ފެށިގެން ރޭގަނޑު 12 އާ ހަމައަށް މަސައްކަތްކުރޭ

މާލޭގެ މަގުތަކަކީ ވަރަށް ސާފު ތާހިރުކޮށް އޮންނަން ޖެހޭ ތަނެއް ކަމަށާއި އެހެން ކަމުން މާލޭގެ މަގެއްގެ މައްޗަށް ޓިޝޫ އެއްގެ މިންވަރު ވެސް ވައްޓާ ނުލުމަށް މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މާލޭ ސިޓީ މޭޔަރު އާދަމް އަޒިމް އިލްތިމާސް ކުރައްވައިފި އެވެ.

މޭޔަރު އާޒިމް މިފަދައިން އިލްތިމާސް ކުރެއްވީ އަންގާރަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

އާޒިމް ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަކީ ވެސް މާލޭ ސިޓީ ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތެއް ކަން ގާނޫން އެނގެން އެބަ އޮތް ކަމަށާއި ނަމަވެސް ހުޅުމާލޭގެ ކަންކަން އޮތީ އެގޮތަށް ނޫން ކަމުން ވޭތުވެ ދިއަ ހަ މަސް ދުވަހުގެ ތެރޭގައި ކުރަމުން ގެންދިއައީ އެ މަސައްކަތް ކަމަށެވެ.

އާޒިމް ވިދާޅުވީ ވޭތުވެ ދިއަ ހަ މަސްދުވަހުގެ ތެރޭގައި ހުޅުމާލޭ މުނިސިޕަލް ސާވިސް، މާލޭ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް އެކި ގޮތްގޮތުން ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން އެޗްޑީސީ އާއި އެކު އެމްއޯޔޫއެއްގައި ވެސް ސޮއިކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އަދި ވެސް އެ މައްސަލަ ހައްލުވެފައި ނުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމުގައި އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އުންމީދުކުރައްވަނީ ކައިރި މުސްތަގުބަލެއްގައި މި މައްސަލަ ހައްލުވެ، މާލޭގެ ރައްޔިތުންނެކޭ ވެސް އެއްފަދައިން ހުޅުމާލޭގެ ރައްޔިތުންނަށް ވެސް މުނިސިލް ސާވިސްގެ ހިދުމަތް ލިބިގެން ދިއުން ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެ ސާފު ތާހިރުކޮށް އޮންނާނީ އެންމެވެސް ވެސް ތާހިރުކޮށް އުޅުނީމަ ކަމަށެވެ. އަދި މިހާރު މާލެތެރެ ސާފުކޮށް ރީތިކޮށް އޮންނަތަން ފެނިގެން މިދަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ފަތިހާއި ތެދުވެ ރޭގަނޑު 12 ޖަހަންދެން ކުރާ ބުރަމަސައްކަތުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެންމެން އެއްބާރުލައި މަގުތަކަށް ކުނި ނާޅައިފި ނަމަ ވަރަށް ގިނަ ފައިސާ ވެސް ސަލާމަތް ކުރެވި، ސާފު މާލެއެއް ވެސް ލިބިގެން ދާނޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ކުނި އެޅުމުގެ ސަބަބުން ހަޑިވެ، މުޑުދާރުވަނީ ހަމަ އެކަނި މާލޭގެ މަގުތައް ނޫން ކަމަށާއި މާލޭގެ ފަޅުތެރެއާއި ފަރުތަކާއި ތަންތަން ވެސް ހަލާކުވެ ފަނާވަމުން ދާކަމަށެވެ. އެހެން ކަމުން އެއްވެސް މީހަކު ކުނި އަޅަން ހާއްސަކުރެވިފައި ހުންނަ ތަންތަނަށް މެނުވީ ކުނި ނޭޅުމަށް ވަރަށް އާދޭހާއި އެކު ދަންނަވާ ކަމުގައި ވެސް އާޒިމް ވިދާޅުވި އެވެ. އަދި އެގޮތަށް އެންމެން ވެސް އަމަލުކޮށްފި ނަމަ ފެނިގެން ދާނީ އެންމެން ވެސް މި އެދޭ އެންމެ ނަލަ މާލެ ސިޓީ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު މާލޭގެ މަގެއްގެ މައްޗަށް ވެސް، ކަނޑަށް ވެސް، އަދި ފަޅަށް ވެސް އެވެސްތަނަ ކަށް ޓިޝޫއެއްގެ މިންވަރުވެސް ވައްޓާ ނުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އަޅުގަނޑު މާލެ ސިޓީ ކައުންސިލާއި ހަވާލުވި އިރު، ރައްޔިތުންގެ އާދޭސްތައް އޮހެމުން ދިއައީ ބުޅަލުގެ ނަޖިހުން މާލޭ ސިޓީ ސަލާމަތް ކޮށްދެއްވުމަށް. އެ މަސައްކަތް ވަރަށް އަވަހަށް ފަށާ، މާލޭގައި އުޅޭ ބުޅާތަށް ރަނގަޅު އިންތިޒާމެއްގައި ބެލެހެއްޓުމަށް ވާނީ ހަމަޖައްސާފަ. އަދި ސަރުކާރުގެ އެދުމުގެ މަތިން ބުޅާ ފެސިޓީ ވާނީ ސަރުކާރާއި ހަވާލުކުރެވިފަ. އަދި އުންމީދަކީ އެތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ މާލޭ ރައްޔިތުން ބުޅަލުގެ ނަޖިހުން ސަލާމަތްވެ ތިބޭނޭ ދުވަހެއް އައުން.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިން

އާޒިމް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބުޅަލުގެ ނަޖިހުން ސަލާމަތް ވެ ސާފު ތާހިރު މާލެއެއް ލިބުމަކީ އަބަދުވެސް ކުރައްވާ ދުވާއެއް ކަމުގަ އެވެ.

- ކޮމެންޓް