Advertisement
ކ. މާލެ
|
29 ޖުލައި 2025 | އަންގާރަ 22:22
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު އަޒްމަތު އަހުމަދު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު އަޒްމަތު އަހުމަދު
ރާއްޖެއެމްވީ
އަޒްމަތު އަހުމަދު
ދަނޑުވެރިކަން ކުރަން ބޭނުންވާ މީހާއަށް ރަށެއް ނުލިބޭ ކަމުގައި ސްޓޭޓް މިނިސްޓަރު އަޒްމަތު ވިދާޅުވެއްޖެ
50 ހަކަށް ރަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާއިރު، ލާރިހުރި މީހުންނަށްވެސް އެކަން ނުވާކަމަށް ވިދާޅުވި

ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ރަށެއް ނުލިބޭ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު އަޒްމަތު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު އަޒްމަތު އެފަދައިން ވިދާޅުވީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގަ އެވެ. އަޒްމަތު ވިދާޅުވީ، 50 ހަކަށް ރަށް ދަނޑުވެރިކަމަށް ދޫކޮށްފި ކަމަށާއި އެހެން ނަމަވެސް އެރަށްތައް ދީފައިވާ ލާރި ހުރި މީހުންނަށްވެސް އެކަން ނުވާ ކަމަށެވެ. އަދި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ރަށެއް ނުލިބޭ ކަމަށް އަޒްމަތު ފާހަގަކުރެއްވި އެވެ.

އެގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު ވަނީ އަތުލާފައެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލަން ނިންމާފައިވަނިކޮށް އަލުން އެކުންފުނީގެ މަސައްކަތް ފަށަން ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަން ތަރައްގީ ކުރުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އުވާލަން ނިންމިއިރު އެކި ރަށްރަށުގައި ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގަމުންދިޔަ އެވެ.

- ކޮމެންޓް