Advertisement
ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 10:20
ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
ރައީސް އޮފީސް
މިނިވަން ދުވަސް
މިނިވަންކަން ދިފާއު ކުރުމަށް އެތައް ނަޒަރަކުން ރައީސް މުޢިއްޒު ވިސްނުން ގެންގުޅުއްވާ: އާދަމް ނަސީރު
އެގޮތުން އިޤްތިޞާދީ ގޮތުންނާއި، ތައުލީމީ ގޮތުންނާއި، އުމުުރާނީ ގޮތުން އަދި އަސްކަރީ ގޮތުން ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފަައި

ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އެތައް ނަޒަރަކުން ވިސްނުން ގެން ގުޅުއްވާ ކަމަށް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެއްވުމުގައި އެތައް ނަޒަރަކުން ރައީސް މުޢިއްޒު ވިސްނުންފުޅު ހިންގަވައި، ޚަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ކަމަށެވެ.

އެގޮތުން އިޤްތިޞާދީ ގޮތުންނާއި، ތައުލީމީ ގޮތުންނާއި، އުމުުރާނީ ގޮތުން އަދި އަސްކަރީ ގޮތުން ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށް އާދަމް ނަސީރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާތައް ފަދަ ޖަލްސާތައް ބޭއްވުމާއި، އެ ފަދަ ޙަރަކާތްތަކަށް ގެންނަން ޖެހޭ މާނަވީ ޙަރަކާތްތަކަށް ގެންނަން ޖެހޭ މާނަވީ ޚަރުދަނާކަން ގެނައުމުގައި އެތައް އިރުޝާދުތަކެއް ދެއްވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑު އެންމެ ޚާއްސަ ޝުކުރެެއް ދަންނަވާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް. ހަގީގަތުގައި ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެއްވުމުގައި އެތައް ނަޒަރަކުން އެމަނިކުފާނު ވިސްނުންފުޅު ހިންގަވައި، ޚަރުދަނާ ފިޔަވަޅުތަކެއް އެބަ އަޅުއްވާ. އިޤްތިޞާދީ ގޮތުން، ތައުލީމީ ގޮތުން، އުމުރާނީ ގޮތުން އަދި އަސްކަރީ ގޮތުން ގިނަ ބަދަލުތަކެއް ގެންނަވަމުން އެބަ ގެންދަވާ. މިފަދަ ޖަލްސާތައް ބޭއްވުމަށް، މި ފަދަ ޙަރަކާތްތަކަށް ގެންނަން ޖެހޭ މާނަވީ ޚަރުދަނާކަން ގެނައުމުގައި އެތައް އިރުޝާދު ތަކެއް ދެއްވައި.

ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ، މިނިވަންކަމަކީ އެއްވެސް ބަޔަކު އަނެއް ބަޔަކަށް ދޭ އެއްޗެއް ނޫން ކަމަށެވެ. ވަަޒީރު ވިދާޅުވީ މިނިވަން ކަމަކީ، ކޮންމެ ބަޔަކު ވެސް އެ ބަޔަކު އަމިއްލަ ޤުރުބާނީތަކެއް ވެގެން، މިންނެއް ތަކެއް ކޮށްގެން، ވިސްނުންތަކެއް ވިސްނައިގެން، ވިސްނުންތައް ހަގީގަތަކަށް ހެދުމަށް ދުރު ރާސްތާ މަސައްކަތްތަކެއް ކޮށްގެން އަމިއްލަ އަށް ހޯދާ އެއްޗެއް ކަމަށެވެ.

އާދަމް ނަސީރު ވިދާޅުވީ ކޮންމެ ޤައުމަކަށް ވެސް އެ ޤަުއުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ އިތުރުން، އެ ޤައުމެއްގެ މިނިވަންކަން ހޯދުމުގައި އަދި، އެ ޤައުމެއްގެ މިނިވަންކަން ދިފާއު ކުރުމުގައި އޮންނަ ގޮތަކީ ވެސް އަމިއްލަ ވިސްނުމުގައި މަސައްކަތް ކުރުން ކަމަށެވެ.

ވަޒީރު ވިދާޅުވީ އެކަމުގައި ހުރިހާ ޒަމާނެއްގައި ވެސް ހަގީގަތުގައި އެހެން ޤައުމުތަކާ މެދު އޮންނަ ގުޅުން އެއީ ވަރަށް މުހިންމު އެއްޗަކަށްވާ ކަމަށެވެ. އެހެން ޤައުމުތަކާ އޮންނަ ރަޙުމަތްތެރިކަމާއި، އެހެން ޤައުމުތަކާ ކުރެވޭ މުއާމަލާތާއި، އެކަމުގެ ގެންގުޅެވޭ ޚަރުދަނާ ވިސްނުން ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު، ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިގެން ދިޔަ ދުވަހެވެ.

ރާއްޖޭގެ މިނިވަންކަން ފުރިހަމަ އަށް ލިބިގެން ދިޔަ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މިނިވަން ދުވަަސް އަންނަނީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ.

ރާއްޖޭގެ ފަރާތުން މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއިވކުރެއްވީ އޭރުގެ ބޮޑުވަޒީރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އެވެ.

- ކޮމެންޓް