Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 19:22
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: ވިދާޅުވީ މި ސަރުކާރު އައިފަހުން އައްޑޫ ސިޓީ ދަނީ ނިކަމެތިވަމުން ކަމަށް
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: ވިދާޅުވީ މި ސަރުކާރު އައިފަހުން އައްޑޫ ސިޓީ ދަނީ ނިކަމެތިވަމުން ކަމަށް
ރާއްޖެއެމްވީ
އައްްޑޫ ސިޓީ
ސަރުކާރަށް ދެ އަހަރު ވީއިރު، އައްޑޫ އަށް އިގްތިޞާދީ ގޮތުން ފައިދާ އެއް ހުރި އެއްވެސް ކަމެއް މި ސަރުކާރުން ކޮށް ނުދޭ: ނާޒިލް
ރައީސް މުއިއްޒު އައްޑޫގެ ތަރައްގީއަށް ވެވަޑައިގެންފައިވާ އެއްވެސް ވައުދެއް މިއަދާ ހަމައަށް ފުއްދާފައެއް ނުވޭ
ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އައްޑޫގައި އިގްތިޞާދީ ގޮތުން ވަޒީފާ އުފެއްދޭނެ މިންވަރު ވެސް ތަނަވަސް ކޮށްދީފަ އެއް ނުވޭ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު، އައްޑޫ ސިޓީ އަށް އިގްތިޞާދީ ގޮތުން ފައިދާއެއް ވާ ވާކަހަލަ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްދީފައި ނުވާކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުން ވެސް އައްޑޫގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާނޭ ކަމުގެ ވައުދުތައް ވެވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ވައުދެއް ފުއްދައި ނުދޭކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ބުރިޖު އެޅުމާއި އައްޑޫ ސިޓީގެ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ފެށުމާއި ޝަންގްރިއްލާ ރިސޯޓު ތަރައްގީ ކުރުން ފަދަ އިގްތިޞާދީ ގޮތުން ފައިދާވާ ބޮޑެތި މަޝްރޫއުތަކެއް ކުރިޔަށް ގެންދާނޭ ކަމުގެ ވައުދު މި ސަރުކާރުން ވެފައިވާ ކަމަށެވެ.

މީގެން އެއްވެސް ވައުދެއް މި ސަރުކާރަށް ނުފުއްދުނުކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ ސަރުކާރަށް ދެ އަހަރުވެގެން ދާއިރުގައި އައްޑޫ އަށް އިގްތިޞާދީ ގޮތުން ވަޒީފާއެއް އުފެއްދޭނޭ މިންވަރު ވެސް މި ސަރުކާރުން ތަނަވަސްކޮށްދީފައި ނުވާ ކަމަށެވެ.

މި ސަރުކާރުން ވެފައި ހުރި ވައުދުތައް، ބްރިޖް، ހަންކެނޑެ، އެއީ އައްސޭރި ޓުއަރިޒަމަށް އަޅުގަނޑު ހަނދާން ވަނީ، ދެން ޝަންގްރިއްލާ، އައްޑޫ ސިޓީ ގަމުގައި އޮންނަ އެއާޕޯޓު. އައްޑޫ އަށް އިގްތިޞާދީ ހަރަކާތްތަކެއް، އިގްތިޞާދީ ގޮތުން ވަޒީފާތަކެއް އުފެއްދޭނޭ ގޮތަކަށް އަދި އެއްވެސް ކަމެއް ކޮށްދީފައެއް ނުވޭ. ދެ އަހަރުވެގެން ދިޔައިރު، ނެތް އެއްވެސް ކަމެއް އައްޑޫ އަށް ކޮށްދެވިފައެއް. އައްޑޫ އަށް އެއްވެސް އާމްދަނީ އެއް ވަންނާނޭ މަގެއް ނެތް.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ވިދާޅުވީ އައްޑޫ އަށް އާމްދަނީ އެއް ވަންނާނެ ހަމައެއްވެސް ގޮތެއް މިއަދު ނެތް ކަމަށާއި މިފަދަ ނިކަމެތި ހާލަތެއްގައި އޮތް ތަނެއް އަނެއްކާ ވެސް އިތުރަށް ނިކަމެތިކޮށްލަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނާޒިލް ވިދާޅުވީ އައްޑޫ އަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށް ނުދެވުނު އިރު، ރައީސް މުއިއްޒުގެ ރޭވުމުން މިހާރު އެ ގެންދަނީ މުޅި އައްޑޫ ބައިބައިކޮށްލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

- ކޮމެންޓް