Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 08:35
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
މިނިވަން ދުވަސް
ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރަން ޖެހޭ: ރައީސް ޞާލިޙް
ދިވެހިންނަކީ އަބަދު ވެސް ދިވެހިންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ، ޤައުމިއްޔަތުގެ ނަވުގެ މަންޒިލް އަމިއްލަ އަށް ކަނޑައަޅާ، އަދި ދިވެހިންގެ ކުރިމަގު އަމިއްލަ އަށް ކޮށައި ބައްޓަން ކުރާ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައި.

ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ޤައުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ފާހަގަ ކުރަމުން އަންނަ ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަޙުނިޔާ ކިޔުއްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ޞާލިޙްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އުފާވެރި ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ޤައުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިންނަކީ އަބަދު ވެސް ދިވެހިންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ، ޤައުމިއްޔަތުގެ ނަވުގެ މަންޒިލް އަމިއްލަ އަށް ކަނޑައަޅާ، އަދި ދިވެހިންގެ ކުރިމަގު އަމިއްލަ އަށް ކޮށައި ބައްޓަން ކުރާ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވައިފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށް ފަހު، ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިގެން ދިޔަ ދުވަހެވެ.

ރާއްޖޭގެ މިނިވަންކަން ފުރިހަމަ އަށް ލިބިގެން ދިޔަ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މިނިވަން ދުވަަސް އަންނަނީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ.

ރާއްޖޭގެ ފަރާތުން މިނިވަން ކަމުގެ އެއްބަސްވުމުގައި ސޮއިވކުރެއްވީ އޭރުގެ ބޮޑުވަޒީރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އެވެ.

- ކޮމެންޓް