Advertisement
ކ. މާލެ
|
25 ޖުލައި 2025 | ހުކުރު 13:42
މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހާ
މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހާ
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް
ގަލޮޅު ދެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެތަނުން އެއް ގެއިން ފެނިފައިވޭ
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން

ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ޖުލައި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ދެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެތަނުން އެއް ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގއ. ނިލަންދޫ / މާޑު، މުޢާވިޔަތު އަޙްމަދު (30އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް