ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 01:32
އެމެރިކާގެ ސެނެޓަރ ބާނީ ސެންޑަރސް
އެމެރިކާގެ ސެނެޓަރ ބާނީ ސެންޑަރސް
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
އިސްރާއީލަށް އެމެރިކާ އިން ދެމުންދާ އަސްކަރީ އެހީ ހުއްޓާލުމަށް ސެނެޓަރ ބާނީ ސޭންޑަރސް ގޮވާލައްވައިފި
ޣައްޒާގައި މިދިޔަ ހަފްތާ ބަންދުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 130 ފަލަސްތީނު މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވި

އިސްރާއީލަށް އެމެރިކާ އިން ދެމުންދާ އަސްކަރީ އެހީ ވަގުތުން ހުއްޓާލުމަށް ސެނެޓަރ ބާނީ ސޭންޑަރސް ގޮވާލައްވައިފި އެވެ.

ސެނެޓަރ ސޭންޑަރސް މިގޮތަށް ގޮވާލެޮވާލެއްވީ ޣައްޒާގައި މިދިޔަ ހަފްތާ ބަންދުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 130 ފަލަސްތީނު މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ޒަޚަމް ވުމާ ގުޅިގެންނެވެ.

"މީހުން ބަނޑަށް ޖެހިފައި ތިބީ. ކާންބޯން ހޯދަން އުޅުނު އެތައް ބަޔެއްގެ ގަޔަށް އިސްރާއީލުގެ ސިފައިން ވަނީ ބަޑި ޖަހާފައި،" ސޭންޑަރސް އެކްސް ގައި ލިޔުއްވިއެވެ. "މިއީ އެއްގޮތަކަށް ވެސް ބުއްދި ގަބޫލު ނުކުރާ، ޤަބޫލު ކުރެވޭނެ ކަމެއް ނޫން. އިސްރާއީލަށް އެމެރިކާ އިން އިތުރު އަސްކަރީ އެހީ ދީގެން ނުވާނެ."

ސޭންޑަރސް މިހެން ވިދާޅުވި އިރު، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި އިސްރާއީލުގެ ވެރިންނާ މެދު ފިޔަވަޅު އެޅުމަށް ވޮޝިންގްޓަނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ގޮވާލަމުންދާ އަޑުތައް މި ދުވަސްކޮޅު ވަނީ އިތުރަށް ގަދަވެފައެވެ.

މޭ މަހު އެމެރިކާގެ އެހީތެރިކަމާ އެކު އިސްރާއީލުން ޤާއިމު ކުރި އެހީގެ ޖަމްއިއްޔާ ގްރޭންޑް ހިއުމެނިޓޭރިއަން ފޯސް އުފެދުނު ފަހުން، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ކާބޯތަކެތި ހޯދަން މަސައްކަތް ކުރި 900 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ އެހީގެ މަރުކަޒު ކައިރިން ހަމަލާދީ މަރާލާފައެވެ.

- ކޮމެންޓް