ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 13:46
ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޣައްޒާގައި ފަރުވާ ހޯދަމުން އައި ތުއްތު ކުއްޖެއް
ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޣައްޒާގައި ފަރުވާ ހޯދަމުން އައި ތުއްތު ކުއްޖެއް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޣައްޒާގައި ހަތަރު އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ
އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލް އިން އަލް ޖަޒީރާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާގެ ނަމަކީ ރަޒާން އަބޫ ޒާހިރުއެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާ އަށް ބޭނުންވާ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަނޑުހައި ހޫނު ކަމުގައި ހަތަރު އަހަރުގެ ތުއްތު ކުއްޖަކު ޝަހީދުވެއްޖެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާ އަށް ކާބޯ ތަކެތި އެތެރެ ކުރުމަށް ހުރަސް އަޅަމުންނެވެ. އަދި އެހީ ބަހާ މަރުކަޒުތަކަށް ހަމަލާ ދީ، އެ ސަރަހައްދު ތަކުގައި ވެސް އަންނަނީ ބަޔަކު ޝަހީދު ކުރަމުންނެވެ. 

ޣައްޒާގައި ބަނޑުހައި ހޫނުކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، ބަނޑުހައި ހޫނު ކަމުގައި ވަނީ ހަތަރު އަހަރުގެ ތުއްތު ކުއްޖަކު ޝަހީދުވެފަ އެވެ. އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލް އިން އަލް ޖަޒީރާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާގެ ނަމަކީ ރަޒާން އަބޫ ޒާހިރު އެވެ.

ހަނގުރާމައިގެ ޙާލަތު ޣައްޒާގައި މިހާރު ވަރަށް ބޮޑުވެފައިވާއިރު، ޣައްޒާގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ކާބޯ ތަކެތީގެ ދަތިކަމެވެ. އަލް ޝިފާ ހޮސްޕިޓަލް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ހޮސްޕިޓަލްގައި 35 ދުވަހުގެ ކުޑަ ކުއްޖަކާއި، އިތުރު މީހަކު ވަނީ ބަނޑުހައި ހޫނު ކަމުގެ ސަބަބުން ހޮނިހިރު ދުވަހު ޝަހީދުވެފަ އެވެ. 

ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަަކަށް ބަނޑުހައި ހޫނު ކަމުގެ ސަބަބުން ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. އިސްރާއީލް އިން ވަނީ މި ހަނގުރާމައިގައި ޣައްޒާ އަށް އެތެރެ ކުރަމުން އަންނަ ކާބޯ ތަކެތި އަދި އިންސާނީ އެހީ އެތެރެ ކުރުމަށް ވަރަށް ބޮޑަށް ހުރަސް އަޅައިފަ އެވެ.

ޣައްޒާ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ އިރު، ބައިނަލްއަޤުވާމީ ޖަމާއަތް ތަކުން ވަނީ ޣައްޒާގެ އާބާދީ އަށް ވަގުތުން އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައި އެވެ. އަދި ޣައްޒާގައި މިހާރު އޮތް ޙާލަތު ބަދަލު ކުރުމާއި، އެ ޙާލަތު ބަދަލުވާން ޖެހުމުގެ މުހިންމުކަން ވެސް އިދާރާ ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

- ކޮމެންޓް