ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 09:36
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑު
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑު
ރޮއިޓަރސް
ބާސެލޯނާ
ބާސެލޯނާ އިން ރަޝްފޯޑް ގެންނަނީ
ރަޝްފޯޑު ބާސެލޯނާ އަށް ބަދަލުވާާނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަަމަށާއި، އެ އެއްބަސްވުން ހަމަވުމުން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މާކަސް ރަޝްފޯޑު ހޯދުމުގެ މަސައްކަތް، ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި އެވެ.

އުމުރުން 27 އަހަރުގެ ރަޝްފޯޑު އޭނާގެ ސީނިއާ ކެރިއަރު ޔުނައިޓެޑުން ފެށީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ރަޝްފޯޑު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ. ނަމަވެސް ޔުނައިޓެޑު ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި ރަޝްފޯޑު ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

އެއާއެކު ރަޝްފޯޑު ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ބާސެލޯނާ އިން ވަނީ ރަޝްފޯޑު ހޯދުމަށް ޔުނައިޓެޑަށް ރަސްމީ ގޮތުން ހުށަހަޅުމެއް ހުށަހަޅާފައި ކަމަށާއި، ބާސެލޯނާ އަށް ބަދަލުވާން ރަޝްފޯޑު އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ރަޝްފޯޑު ސްޕެއިން އަށް ދަތުރުކޮށް، ބާސެލޯނާ އަށް ބަދަލުވާން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ ހުއްދަ ޔުނައިޓެޑުން ދޭނެ އެވެ. އަދި ރަޝްފޯޑު ބާސެލޯނާ އަށް ބަދަލުވާާނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކަަމަށާއި، އެ އެއްބަސްވުން ހަމަވުމުން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބާސެލޯނާ އިން ރަޝްފޯޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ، މީގެ ކުރިން އެ ޓީމުން ހޯދަން މަސައްކަތް ކުރި ލުއިސް ޑިއާޒްގެ އަގު ބޮޑުވުމުން ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ބާސެލޯނާ އިން ރަޝްފޯޑު ގެންނަން ބޭނުން ވަނީ އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ވެސް ބޭނުންވެގެން ކަމަށް ބުނެފައިވެ އެވެ.

ޔުނައިޓެޑުގައި ހުރުމަށް ފަހު ރަޝްފޯޑު ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ވެސް ކުޅެފަ އެވެ. ނަމަވެސް، ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރަން ލިބުނު ފުރުސަތުގައި އެސްޓަން ވިލާ އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

ރަޝްފޯޑު ވަނީ މިހާތަނަށް އޭނާ ޔުނައިޓެޑަށް ކުޅެދިން 426 މެޗުގައި 138 ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ އެފްއޭ ކަޕް ދެ ފަހަރު، ކަރަބޯ ކަޕް ދެ ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް