Advertisement
ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 18:24
މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ
މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ
ރާއްޖެއެމްވީ
މޫސުން
މޫސުން ގޯސް، ބޮޑު ބަޔަކަށް ރީނދޫ ސަމާލް
ބޮޑު ބަޔަކަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދާވާނެ
ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ފ.އަތޮޅަށް

ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދާވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.

ހއ އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ ހުކުރު ދުވަހު ހަވީރު 05:30 ފެށިގެން ރޭގަނޑު 10:00 އާއި ހަމައަށްށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއި ލަފާކުރެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބަޔާން

އެ އިދާރާއިން ބުނީ މެދެރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި، އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލް

މޫސުމާއި ބެހޭ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުގައި ރާޅުގެ އުސްމިން މެދުރާއްޖެތެރެއާއި އުތުރުގައި ރާޅުގެ އުސްމިނުގައި 7 ފޫޓު ހުންނާނޭ ކަމަށާއި އަދި ދެކުނުގައި ރާޅުގެ އުސްމިނުގައި 6 ފޫޓު ހުންނާނޭ ކަމަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.

- ކޮމެންޓް