ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 11:29
މަދަނީ ނިއުކްލިއަރ އެއްބަސްވުމުގައި އެމެރިކާ އާއި ބަހްރެއިން އިން ސޮއި ކުރަނީ
މަދަނީ ނިއުކްލިއަރ އެއްބަސްވުމުގައި އެމެރިކާ އާއި ބަހްރެއިން އިން ސޮއި ކުރަނީ
ރޮއިޓަރސް
އެމެރިކާ-ބަހްރެއިން
މަދަނީ ނިއުކްލިއަރ އެއްބަސްވުމެއްގައި އެމެރިކާ އާއި ބަހްރެއިން ސޮއި ކޮށްފި
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ރޫބިއޯ ވިދާޅުވީ، އެ އެއްބަސްވުމުގައި ހަތިޔާރު އުފެއްދުމަށް، ނުވަތަ އަވަށްޓެރި ޤައުމުތަކުގެ ސަލާމަތަށް ނުރައްކާ ނުވާނެ ގޮތަކަށް އޮތް އެއްބަސްވުމެއް ކަމަށް.

މަދަނީ ނިއުކްލިއަރ އެއްބަސްވުމުގައި އެމެރިކާ އާއި ބަހްރެއިން އިން ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ބުދަ ދުވަހު އެެވެ. ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަހްރެއިންގެ ވަލީ އަހުދު ސަލްމާން ބިން ހަަމަދު އަލް ޚަލީފާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ މެދު އިރުމަތީގެ ސަލާމަތީ ކަންކަމާއި، އަދި އިޤްތިސާދީ އެއްބާރުލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

މި އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ. އަދި ބަހްރެއިންގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުއް ލަތިފް ބިން ރަޝީދު އަލް ޒައިޔާނީ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ރޫބިއޯ ވިދާޅުވީ، އެ އެއްބަސްވުމުގައި ހަތިޔާރު އުފެއްދުމަށް، ނުވަތަ އަވަށްޓެރި ޤައުމުތަކުގެ ސަލާމަތަށް ނުރައްކާ ނުވާނެ ގޮތަކަށް އޮތް އެއްބަސްވުމެއް ކަމަށެެވެ. އަދި އެއީ އެފަދަ ގޮތަކަށް ނިއުކްލިއަރ ޕްރޮގްރާމެެއް ބޭނުންވާ ކޮންމެ ޤައުމަކާއެކު ވެސް އެމެރިކާ އިން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބިކަން ދަައްކުވައިދޭ ކަމެއް ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.   

ބަހްެރެއިން އާއެކު ނިއުކްލިއަރ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއި ކޮށްފައިވާއިރު، ބަހްރެއިން އަކީ އެމެރިކާގެ ގާތް އެކުވެރިއެކެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ފްލީޓް ބޭސްގެ ގޮތުގައި ބޭނުން ކުރަނީ ވެސް ބަހްރެއިން އެވެ.

ބަހްރެއިން އާއެކު އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއި ކޮށްފައިވާއިރު، އެ ޤައުމުން ވަނީ އީރާން އިން ނިއުކްލިއަރ ހަތިޔާރު ތަރައްޤީ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ. މިދިޔަ ޖޫން މަހުގެ 22 ވަަނަ ދުވަހު އެމެރިކާ އިން ވަނީ އީރާންގެ ނިއުކްލިއަރ މަރުކަޒަކަށް ހަމަލާ ވެސް ދީފަ އެވެ. 

- ކޮމެންޓް