Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 14:29
ލޯކަލް ގަވަމަންޓް އޮތޯރިޓީ
ލޯކަލް ގަވަމަންޓް އޮތޯރިޓީ
ދައުރު
ލޯކަލް ގަވަމަންޓް އޮތޯރިޓީ
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ
އިސްލާހު ގެނެސް ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގެ ފަހަތަށް މަޖިލީހުން ވަނީ އަކުރެއް އިތުރުކޮށްފަ
ކުރިން އޮންނަ ގޮތުން ފިޔަވަޅު އެޅުމުގެ މަރުހަލާ ދިގު

ކައުންސިލަރުންގެ ބެލެނިވެރި ފަރާތް ކަމުގައި ވާ ލޯކަލް ގަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެ އިދާރާ އިން ބޭނުން ވެއްޖެ ހާލަތެއްގައި ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް ބާރު ދީފި އެވެ.

ހޯމަ ދުވަހު އެ ބާރުތައް އެލްޖީއޭ އަށް ދީފައި ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމަށް ފާސްކޮށްފައިވާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްތީގު ކުރެއްވުމާއި ގުޅިގެންނެވެ.

އެ އިސްލާހާއި އެކު ގެނެސްފައިވާ ބަދަލުތަކަށް އަންގާރަ ދުވަހުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ. އެންމެ ފުރަތަމަ ލާމަރުކަޒީ ގާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅީ އެލްޖީއޭ އަށް ކައުންސިލަރުން ވަގުތުން ސަސްޕެންޑް ކުރުމުގެ ބާރު ނުހިމެނޭ ގޮތަށެވެ.

އެ އިސްލާހު އިތުރުކޮށްފައި ވަނީ އެ ބިލު ދިރާސާ ކުރި މަޖިލީހުގެ ވަގުތީ ކޮމިޓީގެ ނިންމުމާއި އެކުގަ އެވެ. ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން އެެ އިދާރާ އިން ކައުންސިލަރަކު މަޤާމުން ސަސްޕެންޑް ކުރާ ނަމަ ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރެ އެވެ.

އޭގެ ތެރޭގައި ކައުންސިލަރުން، ކައުންސިލްގެ ރައިސުންނާއި ނައިބު ރައީސުން އަދި މޭޔަރުން މަޤާމުގެ މަސްއޫލިއްޔަތަށް އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ކުރާ ނަމަ އޭނާ އާއި މެދު ފިޔަވަޅު އެޅިދާނެ އެވެ. އަދި ސުލޫކީ މިންގަނޑާއި ޚިލާފު ވެގެން ވެސް ފިޔަވަޅު އެޅިދާ އެވެ.

އެ ފަދަ ހާލަތެއްގައި ފިޔަވަޅު އެޅޭނީ ލޯކަލް ގަވަމަންޓް މިނިސްޓަރުގެ ހުއްދަ ލިބިގެންނެވެ. އެ ހާލަތުގައި އެލްޖީއޭގެ ތަހުގީގަށް ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް ވެސް އަންގަން ޖެހޭނެ އެވެ. އަދި ސަސްޕެންޑް ކުރެވޭނީ އެ ކަންކަން އިސްލާހު ނުކުރާ ހާލަތުގެ ގޮތުގަ އެވެ. މިގޮތަށް ފިޔަވަޅު އަޅާ އިރު 3 މަހަށް ވުރެ ދިގު ނުވާ ގޮތަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވިދާނެ އެވެ.

އެހެންނަމަވެސް މިހާރު މި މަރުހަލާ ފުރިހަމަ ކުރުމެއް ނެތި، ނަސޭހަތް ނުދީ ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ އިޚްތިޔާރު އެލްޖީއޭ އަށް ވަނީ ދީފަ އެވެ.

އިސްލާހު ގެނެސް ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގެ ފަހަތަށް މަޖިލީހުން ވަނީ އަކުރެއް އިތުރުކޮށްފަ އެވެ. އެ ބައިގައި ބުނެފައި ވަނީ އެލްޖީއޭ އަށް އެކަށީގެންވާ ސަބަބުތަކާއި އެކު ކައުންސިލަރ، މޭޔަރ ނުވަތަ ކައުންސިލްގެ ރައީސާއި ނައިބު ރައީސަށް ފިޔަވަޅު އަަޅަން ފެންނަ ނަމަ، އިންކުއަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް ވަގުތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެ އިދާރާ އަށް ލިބިގެން ވާ ކަމަށެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އަހަރަކަށް ވެފައި ވަނިކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ބުރާސްފަތި ދުވަހު އެ އިސްލާހު ފާސްކޮށްފައި ވަނީ މެމްބަރުންނާއި ކައުންސިލަރުންނާއި ލާމަރުކަޒީ ދާއިރާގެ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ ކަންބޮޑުވުމަށް ބެލުމެއް ނެތި އެވެ. އެ އިސްލާހު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. 54 މެންބަރުން އެ ބިލު ފާސްކުރަން ވޯޓު ދީފައިވާ އިރު ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީ އަށް ނިސްބަތްވާ 11 މެންބަރުންނެވެ.

- ކޮމެންޓް