މެދުއިރުމަތީގެ މީރު ރަހަތަކާއި އެކު ޓަޖިން ރެސްޓޯރެންޓް ހުޅުވައިފިއެވެ.
މާލޭގެ އަޅި ވިލާ މަގުގައި ހުންނަ މި ރެސްޓޯރެންޓު ހުޅުވާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ 09:00ގައެވެ. މި ރެސްޓޯރެންޓް ހުޅުވައިދެއްވީ ދީނީ ޢިލްމުވެރިޔާ ދީނި އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުއެވެ.
އެ ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޝޭހް ޑރ.އިޔާޒް ވަނީ ޒުވާން ވިޔަފާރިވެރިންތަކެއް މިފަދަ މަސައްކަތެއް ފެށުމަކީ އުފާކުރައްވާ ކަމެއް ކަމަަށް ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި އިޔާޒް ވަނީ ވިޔަފާރިކުރާ އިރު މަކަރު ނަހަދާ އަމާނާތްތެރިވުމުގެ މުހިންމުކަމަށް އަލިއާޅުވާލައްވާފައެވެ. އަދި ހަލާލު ރަނގަޅު މަސައްކަތެއް ކުރުން ޚިޔާރުކުރުމަށާއި ވިޔަފާރި ރަނގަޅު ގޮތުގައި ކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ވިޔަފާރި / އިގްތިސާދު: އޮތެންޓިކް އަރަބި ރަހަތަކާއި އެކު "ޓަޖިން" މި މަހު 15 ގައި ހުޅުވުމަށް ނިންމައިފި https://t.co/OgPIkqLZir
— raajje.mv (@raajjemv) July 13, 2025
ޓަޖިންގައި ކަސްޓަމަރުންނަށް ކުރެވޭ ހިތްގައިމު ތަޖުރިބާ އިން ފެށިގެން، މިތަނުން ލިބޭ ކެއިން ބުއިމަށް ބެލިއަސް ޓަޖިން އަކީ ތަފާތު ވައްޓަފާޅި އެއް ފެނިގެންދާ ރެސްޓޯރެންޓެކެވެ. ޓަޖިން ހުޅުވުމަށް ފަހު އެތަނުން ލިބެން ހުން ޚާއްސަ ބުއިންތަކުގެ ރަހަ ވަނީ ދައްކާލާފައެވެ. ޓަޖިންގެ ބަރިސްތާ ރަޝީދު ފާހަގަކުރިގޮތުގައި އެތަނުން ލިބެން ހުންނަ ބުއިންތަކުގެ ތެރޭގައި ސްމޫތީ އާއި ޑިޓޮކްސް ފަދަ ސިއްހަތަށް ރަނގަޅު ބުއިންތައް ހިމެނެއެވެ. އަދި އޭނާ ހުރީ ދިވެހިންނަށް މެދުއިރުމަތީގެ މީރު ބުއިންތައް ފޯރުކޮށްދިނުމުގެ އުންމީދުގައެވެ.
ޓަޖިންގެ އެގްޒެކިއުޓިވް ޝެފް މަރުވާން ގަބޫލު ކުރާ ގޮތުގައި މި ތަނުން ލިބެން ހުންނަ ކެއުންތަކަކީ ދިވެހިންނަށް މެދުއިރުމަތީގެ އިހުސާސް ވަރަށް ކައިރިން ކޮށްދޭނެ ކެއުންތަކެކެވެ. އޭނާ ބުނާގޮތުން އެއިން ކޮންމެ ކެއުމެއް ވެސް އޭނާ ތައްޔާރުކުރަމުންދާނީ ދިވެހިންނަށް އޭގެ ފުރިހަމަ ރަހަ ލިބޭ ގޮތަކަށެވެ.
ހިތްގައިމު އިންޓީރިއަކާއި އެކު ތައްޔާރުކޮށްފައިވާ މިތަނުން ގެނުވައިދެނީ މެދުއިރުމަތީގެ ޤައުމުތަކުގެ އިހުސާސްތަކެވެ. 3 ފަންގިފިލާ ހިމެނޭ މި ރެސްޓޯރެންޓަކީ މެދުއިރުމަތީގެ މީރު ރަހަތައް ހިމެނޭ އެތައް ކެއުމެއް އެއް ތަނަކުން ލިބެން ހުރި ތަނެކެވެ. މިތަނުން ލިބެން ހުރި ކެއުމުގެ ތެރޭގައި، މަންޑީ ރައިސް، މަޤްލޫބާާ ރައިސް، ޓަޖިން، ކުސްކުސް ފަދަ ކެއުންތައް ހިމެނެއެވެ.
ޓަޖިން ބައްޓަންކޮށްފައި ވަނީ ހުރިހާ އުމުރުފުރާތަކަކަށް ކަމުދާނެ ގޮތަށް ކަމަށް ވާއިރު މިއީ ޚާއްސަ ދުވަސްތައް ފާހަގަކުރުމަށާއި، ރަހުމަތްތެރިންނާއި އެކު އެކުވެރި ހަނދާން ހުންނާނެ ފަދަ ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް ޓަޖިން ވަރަށް ކަމުދާނެ ތަނަކަށް ވެގެންދާނެއެވެ.
ޓަޖިން އިން ލިބެން ހުންނަ ފާހަގަކޮށްލެވޭ ތަކެތީގެ ތެރޭގައި މޮރޮކަން ސައި ފާހަގަކޮށްލެވެއެވެ. މިއީ މީހާ ތާޒާކޮށްލާ ފަދަ މީރު ރަހަ އެއް ދޭ، ދިވެހިންގެ މެދުގައި ވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސައެކެވެ. މީގެ އިތުރުން ޓަޒިންގެ ޑެސަރޓް ޝެފް ބުނާ ގޮތުން މިތަނުގައި ލިބެން ހުރި ޕޭސްޓްރީ އަދި ފޮނު ކާތަކެތި ވެގެންދާނީ ދިވެހިންނަށް ވަރަށް ކަމުދާނެ އެއްޗަކަށެވެ. މިތަނުން ލިބެން ހުރި ފޮނިކާތަކެތީގެ ތެރޭގައި މަހަލްބިއާ އަދި އަހުމަދު ކޭކް ފަދަ އާއްމުންގެ މެދުގައި މަޤްބޫލު އުފެއްދުންތައް ހިމެނެއެވެ.