ދިވެހިންނަށް ކަމުދާނެ ފަދަ ތަފާތު އަރަބި ރަހަތަކާއި އެކު "ޓަޖިން" ރެސްޓޯރެންޓް މި މަހު 15 ވަނަ ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.
ތަފާތު ހިތްގައިމު އިންޓީރިއާ އަކަށް ތައްޔާރުކޮށްފައިވާ މި ރެސްޓޯރެންޓުގައި، މޮރޮކޯގެ ކަވި ރީތި މަސައްކަތްތައް ހިމެނޭ (ޒެލިޖް) އަދި މެދުއަރިމަތީގެ ވައްޓަފާޅި އަށް ތައްޔާރުކޮށްފައިވާ ފާނޫޒުތައް އެކުލެވެއެވެ. އެހެންކަމުން މި ރެސްޓޯރެންޓްގެ މުޅި މާހައުލާއި، އެތެރޭގެ ވެހިން ރަމްޒުކޮށްދެނީ މެދުއިރުމަތީގެ ކުލަވަރުތަކެވެ.
މިތަން އެކުލަވާލާފައިވާ ގޮތް ތަފާތުވުމުގެ އިތުރުން ތަނުގެ ކެއުން ބައްޓަންކޮށްފައި ވަނީ ވެސް އެކި އުމުރު ފުރާތަކުގެ ދިވެހިންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ގޮތަކަށް ވިސްނައިގެންނެވެ. 3 ފަންގިފިލާ ހިމެނޭ މި ރެސްޓޯރެންޓަކީ މެދުއިރުމަތީގެ މީރު ރަހަތައް ހިމެނޭ އެތައް ކެއުމެއް އެއް ތަނަކުން ލިބެން ހުރި ތަނެކެވެ. މިތަނުން ލިބެން ހުރި ކެއުމުގެ ތެރޭގައި، މަންޑީ ރައިސް، މަޤްލޫބާާ ރައިސް، ޓަޖިން، ކުސްކުސް ފަދަ ކެއުންތައް ހިމެނެއެވެ.
ޓަޖިންގެ ފަރާތުން ވާހަކަދައްކަވަމުން އިބްރާހިމް ފައްޔާހް ފަޒީލް ވަނީ "ޓަޖިން އަކީ އެންމެންނަށް ކަމުދާނެ ތަނެއް ކަމަށް ވިދާޅުވެފައެވެ.
"މިތަނަކީ މިޑްލް އީސްޓަރން ގައުމުތަކުގައި ކައްކާ އިރު ބޭނުން ކުރާ އެއްޗެއް. މާލެ އަށް މި ވަގުތު ވަރަށް ބޮޑަށް ބޭނުންވޭ އޮތެންޓިކް މިޑްލް އީސްޓަރން ކެއުން ލިބޭނެ އެއްޗެއް. މިތަނުން ލިބެން ހުންނާނެ އެހެންތަންތަނުން ލިބެން ނުހުންނާނެ ކާ އެއްޗެހި." އިބްރާހިމް ފައްޔާހް ފަޒީލް ވިދާޅުވިއެވެ.
މި ރެސްޓޯރެންޓްގެ ޝެފުންނާއި ވެއިޓަރުންނަކީ ވެސް މޮރޮކޯ އަށް ނިސްބަތްވާ މީހުން ކަމަށް ވުމާއި އެކު އެންމެ ކަމުދާނެ ފަދަ ރަހަތަކާއި އެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ އުންމީދު ޓަޖިންގެ ޓީމަށް އެބަ އޮތެވެ. މި ތަނުގެ ރަހަތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ޓަޖިންގެ އެގްޒެކިއުޓިވް ޝެފް މަރުވާން ވިދާޅުވީ ދިވެހިންނަށް މި ތަނުގެ ރަހަތަށް ކަމުދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށެވެ.
"މެދުއިރުމައްޗަކީ ރަހަތަކަށް ވަރަށް މުއްސަނދި ތަނެއް. މޮރޮކޯގެ ބަދިގެ އަކީ ވަރަށް ޑައިވަރސް ތަނެއް. އަނެއްކާ ދިވެހިންނަށް ކަމުދާނެ ފަދަ ރަހަތަށް މިތަނުން ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު" ޝެފް މަރުއާން ވިދާޅުވިއެވެ.
ޓަޖިން ހުންނަނީ އަޅިވިލާމަގު، މާފަންނުގައެވެ.
ޓަޖިން ބައްޓަންކޮށްފައި ވަނީ ހުރިހާ އުމުރުފުރާތަކަކަށް ޚިދުމަތް ދެވޭ ގޮތަށެވެ. އެހެންކަމުން ޚާއްސަ ދުވަސްތައް ފާހަގަކުރުމަށާއި، ރަހުމަތްތެރިންނާއި އެކު އެކުވެރި ހަނދާން ހުންނާނެ ފަދަ ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް ޓަޖިން ވަރަށް ކަމުދާނެ ތަނަކަށް ވެގެންދާނެއެވެ.
ޓަޖިންގެ އެންމެ ޚާއްސަ އަނެއްކަމަކީ މިތަނުން ލިބެން ހުންނަ މޮރޮކަން ސައެވެ. މިއީ މީހާ ތާޒާކޮށްލާ ފަދަ މީރު ރަހަ އެއް ދޭ، ދިވެހިންގެ މެދުގައި ވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސައެކެވެ.