ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 22:23
ސައުދީ ފަންޑާއެކު ލޯނު ރީސްޓްރަކްޗަރ ކުރުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ކޮޅުނބުގައި ބޭއްވި ސޮއި ކުރުމުގެ ތެރެއިން
ސައުދީ ފަންޑާއެކު ލޯނު ރީސްޓްރަކްޗަރ ކުރުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ކޮޅުނބުގައި ބޭއްވި ސޮއި ކުރުމުގެ ތެރެއިން
ނިއުސް ވަޔަރ
ސްރީ ލަންކާ
517 މިލިއަން ސަޢޫދީ ރިޔާލުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ އެއްބަސްވުމެއްގައި ސަޢޫދީ އާ އެކު ލަންކާ އިން ސޮއި ކޮށްފި
ސައުދީ އަރަބިއްޔާއިން ލުއި ލޯނުގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދީ، ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއެކު މިއީ އެ ގައުމުގެ ދަރަނީގެ ބުރަ ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ފިޔަވަޅެއް ކަމަށް ބެލެވޭ

ސްރީ ލަންކާ އިން ނަގާފައިވާ 517 މިލިއަން ސަޢޫދީ ރިޔާލުގެ ދަރަނި އަލުން ރީސްޓްރަކްޗަރ ކުރުމުގެ އެއްބަސްވުމެއްގައި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްޑީއެފް) އާ އެކު ސްރީލަންކާ ސަރުކާރުން ސޮއި ކޮށްފިއެވެ.

ސްރީ ލަންކާއިން އަންގާރަ ދުވަހު ކޮލޮމްބޯގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އާއެކު ދެފަރާތުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއި ކުރުމާއެކު ލަންކާ ގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ އިންތިޒާމުތައް އަލުން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ހަރުފަތަކަށް ވާސިލުވެއްޖެ ކަމަށް ސްރީލަންކާ ގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.

ސްރީލަންކާ އިން 517 މިލިއަން ސައުދީ ރިޔާލު (516,951,065.02 ސްރީލަންކަން ރުޕީސް) އެސްޑީއެފް މެދުވެރިކޮށް ލޯނުގެ ގޮތުގައި ނަގާފައިވެއެވެ. ދަރަނީގެ މައްސަލަ ބޮޑު ވެފައިވާ ސްރީ ލަންކާ އަށް ލޯނުތައް އަނބުރާ ދެއްކުމުގެ އޮނިގަނޑަށް މި ގެނެބުނު ބަދަލުތަކުގެ ސަބަބުން ލުއިތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ސްރީ ލަންކާގެ އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި ގައުމު ބަނގުރޫޓުވި ކަން އިއުލާނު ކޮށް ދަރަނި ދެއްކުން ހުއްޓާލިކަން އިއުލާނު ކުރި ފަހުން ވެސް ސައުދީ އަރަބިއްޔާ އިން ވަނީ ސްރީ ލަންކާ އަށް ލޯނު ދޫކުރުން ކުރިއަށް ގެންގޮސް، މާލީ ގޮތުން އެހީތެރިވެ ދީފައެވެ.

ލަންކާ ގެ މީޑިއާ ރިޕޯޓުތަކުަގައިވާ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ސައުދީން ލިބިފައިވާ މާލީ އެހީތެރި ކަމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.

އޭގެ އިތުރުން ލުއި ޝަރުޠުތަކާއެކު އެސްޑީއެފް އިން ލަންކާ އަށް ދޫކޮށްފައިވާ ލޯނުތަކުން ސްރީ ލަންކާގެ ދަރަނީގެ ބުރަ ލުއިކުރުމަށް ވެސް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

- ކޮމެންޓް