ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 12:03
ޣައްޒާގައި އިސްރާއީލް އިން ހަމަލާ ދީފައިވާ ސަރަހައްދުގައި އާންމުން
ޣައްޒާގައި އިސްރާއީލް އިން ހަމަލާ ދީފައިވާ ސަރަހައްދުގައި އާންމުން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އުުތުރު ޣައްޒާގެ 16 ސަރަހައްދަކުން އާންމުން އެހެން ތަނަކަށް ބަދަލުވުމަށް އަންގައިފި
އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މިއީ ޣައްޒާ ސިޓީ އަދި ޖަބަލިއާގެ އިތުރުން އެހެން ސަރަހައްދު ތަކުގައި ތިބި އެންމެނަށް ވެސް ފޮނުވާ " އަވަސް އިންޒާރެއް" ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، އުތުރު ޣައްޒާގެ 16 ސަރަހައްދަކުން އާންމުން އެހެން ތަނަކަށް ބަދަލު ވުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އަމުރު ކޮށްފި އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އުތުރު ޣައްޒާގެ 16 ސަރަހައްދެއްގައި ދިރިއުޅޭ ފަލަސްޠީނުގެ އާންމުން އެ ސަރަހައްދުން ނިކުމެ، ދެކުނަށް ބަދަލުވާން އަންގާފައިވާ ކަމަށެވެ. 

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މިއީ ޣައްޒާ ސިޓީ އަދި ޖަބަލިއާގެ އިތުރުން އެހެން ސަރަހައްދު ތަކުގައި ތިބި އެންމެނަށް ވެސް ފޮނުވާ " އަވަސް އިންޒާރެއް" ކަމަށެވެ. އެ ސަރަހައްދުތަކުގައި ތިބި މީހުން ވަގުތުން ޚާން ޔުނިސްގެ އަލް މަވާސީ އަށް ބަދަލުވާން ޖެހޭ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ އެ މީހުން ރަައްކާތެރި ސަރަަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް ވެސް ހަމަލާ ދެމުންނެވެ. އެގޮތުން ޚާން ޔުނިސްގެ އަލް މަވާސީ ހިމެނޭ ގޮތުން ސަރަހައްދުތަކަށް އަންނަނީ ހަމަލާ ދެމުންނެވެ. 

މި ހަމަލާތައް ދެމުން އަންނަނީ އިސްރާއީލްގެ ސިފައިން އަމިއްލަ އަށް ފަލަސްޠީނުގެ އާންމުންނަށް އެ ސަރަހައްދުތަކުން ބަދަލުވާން މަޖުބޫރު ކުރުމަށް ފަހު އެވެ. މި ޙާލަތުގައި ޣައްޒާގެ އާންމުންނަށް ރައްކާތެރިކަމާ އެކު ތިބެވޭނެ އެއްވެސް ތަނެއް ނެތް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

- ކޮމެންޓް