އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޝާޓީ ރެފިއުޖީ ކޭމްޕުގައި ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދު ކޮށްލައިފި އެވެ.
ޣައްޒާގެ އުުތުރުގައި ހުންނަ ޝާޓީ ރެފިއުޖީ ކޭމްޕުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކުގައި ފަސް މީހަކު ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ސަލާމަތީ ބާރުތަކުން ވަނީ ހާމަކޮށްފަ އެވެ. އަދި އެ ހަމަލާގެ ސަބަބުން އިތުރު ބަޔަކަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހަމަލާ އަމާޒުކޮށްފައި ވަނީ ޝާޓީ ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށެވެ. މި ހަމަލާއާ ގުޅިގެން ސަރަަހައްދުގެ ސަލާމަތީ އަދި ޞިއްހީ އެހީތެރިކަން ވަނީ ވަގުތުން ދޭން ފަށައިފަ އެވެ. އަދި ހަމަލާގައި ޒަޚަމުވެފައިވާ މީހުންނަށް ވަގުތުން ފަރުވާ ދިނުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެގޮތުން އެ ސަރަހައްދުގެ ކައިރީގައި ހުރި ހޮސްޕިޓަލަށް ޒަޚަމުވެފައިވާ މީހުން ވަގުތުން ގެންގޮސްފައިވާއިރު، އަނިޔާވި މީހުންގެ ޙާލަތާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ.
ޣައްޒާ ސަލާމަތީ އޮފިޝަލުން ބުނާ ގޮތުގައި މި ސަރަހައްދުގައި ހަނގުރާމައިގެ ހަރަކާތްތައް އިތުރުވަމުން އަންނަ ކަމަށާއި، ސިވިލިއަނުންގެ ރައްކާތެރިކަން ވަނީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށް ފާހަގަ ކޮށްފައިވެ އެވެ.